ޕްރޮފެޝަނަލް ކެމެރާޑްރޯނެއް ހޯދާ ނަމަ ޑީޖޭއައި އިންސްޕަޔާ 2 އަށް ވުރެ ވަކި ކުޅަދާނަ ޑްރޯނެއް މިއަހަރު ލިބުން ދުރެވެ. އިންސްޕަޔާ 2 އަށް ކެމެރާ ގެންގުޅެން ދަތި އެއްވެސް ގޭންގަލްއެއް ނެތެވެ. ކޮނޑުގައި އަޅުވައިގެން ތިޔަ ގެންގުޅޭ ކެމެރާ ތަންކޮޅެއް ދުރުތައި ބާއްވާފައި އިންސްޕަޔާ 2 އުދުއްސާލައި ތަޖުރިބާކޮށްލާށެވެ.
ޑީޖޭއައި އިންސްޕަޔާ 2 އަށް ވާދަކުރެވޭ ވަރުގެ ޑްރޯންތައް ހުރީ ވެސް މިމަރުކާގަ އެވެ. އެކަމަކު ލާހިކު އަގެއްގައި ފެންވަރު ރަނގަޅު ސިކްސްކޭ ކެމެރާ ޑްރޯނެއް އިޚްތިޔާރުކުރާ ނަމަ މިޑްރޯންގެ ރިވިއު ކިޔާލަން ބުނަމެވެ.
ޑީޖޭއައި ޑްރޯންތަކުގައި ހުރިހާ ޑްރޯނަކަށް އެއްގޮތް ސިފައަކީ ބޭނުންކުރަން ފަސޭހަވުމެވެ. ޑިޖޭއައި ކެމެރާ ޑްރޯނެއް މީގެކުރިން ބޭނުންކުރި ނަމަ އިންސްޕަޔާ 2 އޮޕަރޭޓްކުރުން އުނދަގޫ ކަމަކަށް ނުވާނެ އެވެ. އެކަމަކު ވެސް ކެމެރާ ޑްރޯން ބޭނުންކުރުމުގައި ގިނަ މީހުން އިޚުތިޔާރު ކުރަނީ އުޅަނދު އުދުއްސަން ވަކި މީހަކު އަދި ކެމެރާ އޮޮޕަރޭޓްކުރަން ވަކި މީހެކެެވެ. މިއީ ޕްރޮފެޝަލް މަންޒަރުތައް ސިފަކޮށްދޭން އެންމެ ޕްރޮފެޝަނަލް ގޮތެވެ.
މިއީ އެވްރެޖް މީހަކަށް އަގުބޮޑު ޑްރޯންއެކެވެ. މީގެ ފަސްއަހަރެއްހާ ދުވަސްކުރިން ފުރަތަމަ ރިލީކުރި އިންސްޕަޔާ 2 ގެ އަގުތަަކަށް އަދި ވެސް ހެޔޮ ބަދަލުތަކެއް ނާދެ އެވެ. އެމެޒޯންގައި މިހާރު ހުރި އަގުތަކަށް ބަލާއިރު ބައިލައްކައަށް ވުރެ ހެޔޮ އަގެއްގައި އެންމެ އާދައިގެ ވާޝަން ވެސް ނުލިބެ އެވެ.