ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މޮނިޓަރިންގެ ހާލަތުގައި 13 ރަށެއް

ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނި، ބަލި ފެތުރެމުން ދާތީ މާލެ ފިޔަވާ 13 ރަށެއް އަދިވެސް އޮތީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ބަންދުގަ އެވެ.

ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން ބަންދުކުރާ ރަށްތައް ބޮޑުތަނުން މަދުވުމަށްފަހު އަނެއްކާވެސް ނަންބަރުތައް ވަނީ މަތިވާން ފަށައިފަ އެވެ.

މޮނިޓަރިންގެ ހާލަތުގައި މިހާރު އެންމެ ގިނަ ދުވަސް ވަންދެން އޮތް ރަށަކީ ރ. ދުވާފަރެވެ. މެއި މަހުގެ ހަތަކުން ފެށިގެން އެ ރަށް ވަނީ ބަންދު ކޮށްފަ އެވެ.

މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ ތެރެއިން ނުވަ ރަށެއް އޮތީ އަދިވެސް ބަންދުކޮށްފަ އެވެ. އެ ރަށްތަކަކީ ށ. ފޯކައިދޫ އާއި ގދ. ނަޑެއްލާ، ކ. ކާށިދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، މ. ކޮޅުފުށި، ށ. ފީވައް، ހއ. ތަކަންދޫ އަދި ދ. ކުޑަހުވަދޫ އެވެ.

މިމަހު ބަންދުކޮށްފައި ވަނީ ގއ. ވިލިނގިލި، ރ. އުނގޫފާރު، ލ. ގަން، ލ. ފޮނަދޫ އަދި އއ. ހިމަންދޫ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 113 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 78356 އަށް އަރާފަ އެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާދީ އެޗްޕީއޭއިން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 19 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވް މީހުންގެ ތެރެއިން 71 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 23 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ.