މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

Aug 10, 2021

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މި މައްސަލަތަކާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ.

ދެމީހުންގެ ތެރެއިން 20 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 9 ވަނަ ދުވަހުގެރޭ 09:40 ހާއިރު ގަން އެއާޕޯޓު ޖެޓީ މަތިން ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެ އެވެ.

ދެވަނަ މީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު ބ. ދަރަވަންދޫއިންނެވެ. އެ ރަށުގައި ފުލުހުން ހިންގި އޮފަރޭޝަންގައި އިއްޔެ 01:15 ހާއިރު 39 އަހަރުގެ މީހަކު ހައްޔަރުކުރި އެވެ

އޭނާ ހައްޔަރުކޮށްފައިވަނީ މަގުމަތިން ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލަައި ފާސްކުރިިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއް ފެނިފައިވާތީ އެވެ.

މި ދެމީހުންގެ ބަންދަށް ގޮތެއް ނިންމާފައިވާ ކަމަކަށް ފުލުހުން ނުބުނެ އެވެ. ނަމަވެސް އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެނގިފައިވެ އެވެ.