މަސްތުވާތަކެތި

ޑްރަގު ފަރުވާގައި ތިބި ދެ މީހުން ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ބަޔަކު ފަރުވާއަށް ބައިތިއްބާފައި ވަނިކޮށް ފިލައިގެން ދިއުމުން ހައްޔަރުކޮށްފި އެވެ.

ފިލައިގެން އުޅެނިކޮށް ހައްޔަރުކުރީ އައްޑޫ ހިތަދޫއަށް ނިސްބަތްވާ 37 އަަހަރުގެ ފިރިހެނެކާއި މާލެއަށް ނިސްބަތްވާ 40 އަހަރުގެ ފިރިހެނެކެވެ.

މި ދެ މީހުންނަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. ދެ މީހުންވެސް ފިލީ ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އިންނެވެ.

މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސް ވަނީ 15 ދުވަސް ދީފަ އެވެ.

މަސްތުވާތަކެތީގެ ފަރުވާއަށް ބޭނުންވާ 700 އަށް ވުރެ ގިނަ މީހުން ތިބިއިރު ފަރުވާ ދިނުމުގެ ނިޒާމު އޮތީ ވަރަށް ބޮޑަށް ބޮއްސުންލާފަ އެވެ.