އެމްޓީސީސީ

ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމެއްޖެ

Aug 11, 2021

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބުނީ ހެނބަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމައިލާފައި ވަނީ މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5،000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާފައިވެ އެވެ.

އަދި 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯޓެކްސްޓައިލްސްޖަހާފައިވެ އެވެ.

އެމްޓީސީސީން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.