ގޮނޑުދޮށް ހިމާޔަތް ކުރުން

ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރަނީ

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ޗެއާމަން މުހައްމަދު ފަހީމްގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އެވެ.

މި މަޝްރޫއުގައި 25 މީޓަރުގެ ގްރޮއިންސް ޖަހާ 235 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ އެވެ. މިއީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.