އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީސް: ކޯރަމް ހަމަނުވެގެން ވޯޓަށް ނޭހުނު

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާއަށް ހުށައެޅުނު ހުށައެޅުންތަކަށް ކޯރަމް ނެތިގެން ވޯޓަށް ނޭހި ޖަލްސާ ނިންމާލަން ޖެހިއްޖެ އެވެ.

މިރޭގެ ޖަލްސާއަކީ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީގެ މެއި ހައެއްގެ ކޮމެޓީން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ދިނުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޖަލްސާ އެކެވެ. މިރޭ އޮތީ ގައުމީ މަޖިލީހުގެ 182 ވަނަ ޖަލްސާ އެވެ.

މި ޖަލްސާގައިވެސް މެެއި ހައެއްގެ ކޮމެޓީން ވަނީ މިދިޔަ ހަފްތާގެ މަސައްކަތްތައް ގައުމީ މަޖިލީހަށް ހިއްސާކޮށްފައެވެ. އަދި ގައުމީ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން ކުރިއަށް ގެންގޮސްފައެވެ. މިރޭގެ ޖަލްސާއަށް މި ސިލްސިލާގެ ބައްދަލްވުންތައް ފިޒިކަލީ ކުރިއަށް ގެންދަން ހުށައެޅުނެވެ. އެއީ ކޮންމެ ބުދަ ދުވަހެއްގެ ރެ އެވެ.

ނަމަވެސް އެ ހުށައެޅުމަށް ވޯޓަށް އަހަން ތައްޔާރުވީއިރު ބައްދަލްވުމުގެ ކޯރަމް ވަނީ ގެއްލިފައެވެ. އެ ވަގުތު ތިއްބެވީ 34 މެންބަރުންނެވެ.

ގައުމީ މަޖިލީހަށް ފަހު ކުރިއަށް ގެންދިޔަ ބައްދަލްވުމުގައި ބައެއް މެންބަރުން ވަނީ ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑާލަން ޖެހިވަޑައިގަތުމާއި ގުޅިގެން ލަދުވެތިވާން ޖެހޭ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.