ޖޭއެސްސީ

މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ މައްސަލަ ސާބިތެއް ނުވި

Aug 12, 2021

ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ނިންމާފަ އެވެ.

އުއްމުކުލްސޫމްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހެޅުމުން އެ މައްސަލަ ބަލަމުންދާ ކަމުގެ ނޯޓިސް އޭނާ އަށް ދީފައިވަނީ ސެޕްޓެމްބަރު 30، 2019 ގައެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުއްމުކުލްސޫމްގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ.

ޖޭއެސްސީއަށް ފަނޑިޔާރުންގެ މައްސަލަތައް ހުށަހަޅާ އަދަދު އިތުރުވެފައިވާއިރު ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ބާރުގެ ބޭނުންކޮށްގެން މައްސަލަތައް ލަސްކުރާ ކަމުގެ ޝަކުވާއާއި، ކޮރަޕްޝަންގެ ތުހުމަތުތަކާއި، މަސްލަހަތު ހިމެނޭ މައްސަލަތައް ވަކިގޮތަކަށް ނިންމަން މަސައްކަތް ކުރާ ކަމަށް ބުނާ މައްސަލަތައް ހިމެނެ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށްފަހު ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ވެސް ޖޭއެސްސީން މީގެކުރިން ނިންމާފައިވެ އެވެ.