ދުނިޔެ

ނަތަންޔާހޫ ހައްޔަރުކުރަން އަމުރު ނެރުމަކީ ސިޔާސީ ކަމެއް ނޫން، ކުރަންޖެހިފައި އޮތް ކަމެއް: ބޮރެލް

ޖޯސެފް ބޮރެލް (ވާތުގައި) އަދި އައިމަން ސަފާދީ -- ނަތަންޔާހޫ ހައްޔަރުކުރަން އަމުރު ނެރުމަކީ ކުރަންޖެހިފައި ލާޒިމުވެފައި އޮތް ކަމެއް ކަމަށް ބޮރެލް ވިދާޅުވި
0%
0%
0%

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ހައްހަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރުމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް، ޔޫރަޕްގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ.

އުރުދުން ވެރިރަށް އަންމާންގައި އެ ގައުމުގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ އަރިހުގައި، ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ބޮރެލް ވިދާޅުވީ، އައިސީސީގެ އަމުރަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ. އަދި އެއީ ތަންފީޒުކުރަން ޖެހޭ އަމުރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން ނަތަންޔާހޫ އާއި ގަލަންޓް އަކީ ހަނގުރާމައިގެ ކުށްވެރިންނެވެ. ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުމަށްޓަކައި އެ ގައުމުގެ އަސްކަރިއްޔާ ބޭނުންކޮށްގެން ޣައްޒާއަށް ހަމަލާދީ 44،000 އަށް ވުރެ ގިނަ މީހުން މަރާފައިވާ ކަމަށް އަމުރުގެ ދޭހާގައިި ބުނެފައިވެ އެވެ.

ޖިނާއީ ކޯޓުން ނެރުނު އަމުރަށް އަމަލުކުރުމަށް ޔޫރަޕްގެ އިއްތިހާދަށް ބޮރެލް ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ އިންސާނީ ހައްގުތަކަށް ބެލި ނަމަވެސް އެއީ ލާޒިމު އަމުރެއް ކަމަށެވެ.

ނަތަންޔާހޫ އާއި ގަލަންޓް ހައްޔަރުކުރަން އަމުރު ނެރެމުގެ ކުރިން އައިސީސީން ދިން ތައާރަފުގައި ބުނެފައި ވަނީ އެ ދެ މީހުންނާ ދެކޮޅަށް ދައްކާނެ ހެކި އެކަށީގެންވާ ވަރަށް ވުރެ ގިނައިން ކޯޓަށް ޖަމާކޮށްފައި ހުރި ކަމަށެވެ.

ފަލަސްތީންގެ ދަރިފަސްކޮޅު ނައްތާލުމަށް އަސްކަރިއްޔާ ބޭނުންކުރުމުގެ އިތުރުން ޣައްޒާގެ އާންމު ރައްޔިތުން ބަނޑަށްޖެއްސުމަކީ ވެސް އިޒުރޭލުގެ ވެރިން ގަސްދުގައި ކުރާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވެވެން އޮތްއިރުވެސް، އެ މީހުން ބަނޑަށް މަރުވާން ދޫކޮށްލުމަކީ އިންސާނިއްޔަތު ދަންން އެންމެ ބޮޑު ކުށް ކަމަށްވެސް އައިސީސީން ބުންޏެވެ.

އިންސާނީ ހައްގުތަކުން ޣައްޒާ ރައްޔިތުން މަހުރޫމުކޮށް އެހީދޭ ޖަމާއަތްތައް ލޫޓުވައި ގޭންގްތައް ލައްވައި ބޮޑެތި ގެއްލުންތައް ދީފައި ވަނީ ވެސް ނަތަންޔާހޫ އާއި ގަލަންޓްގެ ސީދާ އަމުރަށް ކަމަށް އައިސީސީން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910