ރެއާލް މެޑްރިޑް

ކޯޓުއާ އިޒްރޭލުން ލޯބިވެރިޔަކު ހޯދައިފި

ރެއާލް މެޑްރިޑްގެ އެއް ނަންބަރު ގޯލް ކީޕަރު ތިބޯޓް ކޯޓުއާ އިޒްރޭލްގެ މޮޑެލް އަކާއި ލޯބީގެ ގޮތުން ގުޅިއްޖެ އެވެ.

ކޯޓުއާ ރައްޓެހި ވެފައި ވަނީ އިޒްރޭލުގެ މޮޑެލް މިޝެލް ގާޒިގްއާ އެވެ.

މިކަން ހާމަކޮށް މިޝެލްއާއި އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓުކޮށް ކެޕްޝަންގައި ކޯޓުއާ ޖަހާފައި ވަނީ "ލަވް އޮފް މައި ލައިފް" ކަމަށެވެ.

އެ ޕޯސްޓަށް ރިޕްލައި ކުރަމުން މިޝެލް ކޮމެންޓް ކޮށްފައި ވަނީ "މައި ލަވް" ޖަހާފަ އެވެ.

އިންސްޓަގްރާމްގައި 170،000 މީހުން މިޝެލްއަށް ފޮލޯ ކުރެ އެވެ. މީގެ ތެރޭގައި މަޝްހޫރު މޮޑެލުން ކަމަށްވާ މަރިއާ ޕޮމްބޯ އާއި ޕަބްލޯ ކަސެލާނޯ ހިމެނެ އެވެ.

ބެލްޖިއަމްގެ ގައުމީ ގޯލުވެސް ބަލަހައްޓަމުން އަންނަ ކޯޓުއާ އަކީ ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ޗެލްސީގެ އިތުރުން އެތެލެޓިކޯ މެޑްރިޑަށް ވެސް ކުޅެފަ އެވެ.