މޯލްޑިވްސް ކަސްޓަމްސް ސާވިސް

ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން އުޅެފި

ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ ބްރެޒިލް އިން މިއަދު އައި އަންހެނެއްގެ ލަގެޖް ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެއީ 31 އަހަރުގެ މީހެކެވެ. އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަަށްވާ ކޮކެއިންނެވެ. އަތުލައިގެންފައިވަނީ 3.197 ކިލޯގެ ތަކެއްޗެކެވެ.

ކަސްޓަމުން ބުނީ އަތުލައިގެންފައިވާ މަސްތުވާތަކެތީގެ މަގުމަތީ އަގު 15،985،000 ރުފިޔާއަށް އަރާ ކަމަށެވެ.