މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގާއެކު އެއާޕޯޓުން ހައްޔަރުކުރި މީހުންނަށް ބަންދުގެ މުއްދަތު ޖަހައިފި

ކްރިމިނަލް ކޯޓުގެ ބޭރުގައި ދެ ފުލުހަކު މަޑުކޮށްލައިގެން: އެއާޕޯޓުން ޑްރަގާއިއެކު އަތުލައިގެން ދެމީހެއްގެ ބަންދައް ދުވަސް ޖަހައިފި -- ފޮޓޯ: އަވަސް
0%
0%
0%

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ އަންގާރަ ދުވަހު ޑްރަގާއިއެކު ހައްޔަރުކުރި ދެ މީހުންނަށް ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ވީއިއޭއިން 18 ކިލޯގެ ޑްރަގާއިއެކު ހައްޔަރުކޮށްފައިވަނީ ބްރެޒިލަށް ނިސްބަތްވާ ދެ މީހުނެވެ. އެއީ 28 އަހަރުގެ ކްރިސްޓިއާނޯ ސިލްވާ އާއި 37 އަހަރުގެ ނައިރު ނޫނޭސް ޑިސޫޒާ އެވެ.

ފުލުހުން ބުނީ ޑްރަގް ފެނުނީ އެމީހުންގެ ލަގެޖުން ކަމަށެވެ. ލަގެޖުން ފެނުނު ޑްރަގުގެ ބަރުދަނުގައި ޕެކިންނާއެކު 18.857 ކިލޯ ހުރި ކަމަށެވެ.

އިއްޔެ ކްރިމިނަލް ކޯޓަށް މި ދެ މީހުނަށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ނައިރުގެ ބަންދަށް ހަތް ދުވަސް ޖެހި އެވެ. އަދި ކްރިސްޓިއާނޯގެ ބަންދަށް 15 ދުވަސް ޖެހި އެވެ.

ރާއްޖޭގެއިން ބޭރުން އަންނަ ބިދޭސީން އަތުން ޑްރަގް ފެންނަ މައްސަލަ ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. މިދިޔަ މަހު ވެސް ވަނީ ބްރެޒިލް އިން ރާއްޖެއަށް އައި މީހަކު އެއާޕޯޓުން ޑްރަގާ އެކު ހައްޔަރުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910