ނ. ވެލިދޫގައި ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ ވެލިދޫގައި ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ޖެންޑާ މިނިސްޓްރީއާ ގުޅިގެން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް މައްސަލައާ ގުޅުންހުރި އެއްވެސް ތަފްސީލެއް ނުދެއެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް އެ ކުއްޖާގެ މަންމަ ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އަދި މީގެ ކުރީންވެސް އެފަދަ މައްސަލައެއްގައި އެ އަންހެން މީހާގެ ދަރިއަކު ދައުލަތަށް ނަގާފައިވާ ކަމަށް އެނގިފައިވެއެވެ.