ކްރިމިނަލް ކޯޓް

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުން 12 އަހަރަށް ޖަލަށް

ކްރިމިނަލް ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި މީހަކު 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކޯޓުން މިދިޔަ އަންގާރަ ދުވަހު މިމައްސަލައިގައި ހުކުމްކޮށްފައިވަނީ ރ. މާކުރަތު، އިމޭޖު، މުހައްމަދު ދާއޫދުގެ މައްޗަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުމުގެ ގާނޫނުގައިވާ ގޮތުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގި ކަމަށް ބެލެވެނީ ކުޑަކުއްޖެއްގެ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން، ޖިންސީ ގުނަވަނެއްގައި އަތްލުމުންނެވެ. އަދި އެފަދަ އަމަލެއް ހިންގައިފިނަމަ 10 އަހަރާއި 14 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެވެ އެވެ.

ފޯނުގައި އޮރިޔާން މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ދާއޫދުގެ މައްޗަށް އެކަމާ ގުޅޭ ދައުވާއެއްވެސް އުފުލި އެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ އޭނާ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަވާ ސާބިތު ނުވާ ކަމަށެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުން ރިޕޯޓް ވެބްސައިޓަށް އަޕްލޯޑް ކޮށްފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345