ސާޖިދާ މުހައްމަދު

ދަރިންނާ އޮންނަ ގުޅުން ބަދަހިކުރަންޖެހޭ: ސާޖިދާ

މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ގްލޯބަލް ޕޭރެންޓިން މަހުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ވިދާޅުވީ ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިއްމު އަދި ބޮޑު ޒިންމާއެއް ކަމަށެވެ. ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށްޓަކައި ދަރިންނާއި ބެެލެނިވެރިންގެ މެދުގައި އޮންނަ ގުޅުން މިހާރަށް ވުރެ ބަދަހި ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"އެ ކުދިންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ކުދިންގެ ލެވެލްގެ ހަރަކާތްތަކުގައި ބައިވެރިވުން،" ސާޖިދާ ވިދާޅުވި އެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ ފުރާވަރުގެ ކުދިންނާއި ގުޅުން ބަދަހިކުރެވޭނީ އެ ކުދިންގެ އެންމެ ގާތް ރަހުމަތްތެރިޔާ އަކީ މައިންބަފައިން ކަމުގައި ވެގެން ކަމަށާއި އެކަމަށް ސަމާލުކަން ދިނުމަށްވެސް ސާޖިދާ އެދިވަޑައިގެންނެވި އެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ މައިންބަފައިންނާއި ދަރިންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މައިންބަފައިންނަށް ދަރިން ކުރާ އިތުބާރު ވަރުގަދަވުމުގެ ނަތީޖާއެއްގެ ގޮތުން ނޭދެވޭ އަމަލުތަކުން ކުދިން ދުރުވާނެ ކަމަށެވެ.