މޯލްޑިވްސް ޕޮލިސް ސާވިސް

އޮޅުވާލައިގެން ފައިސާ ހޯދާ އެކައުންޓް ނަންބަރުތަކެއް އާންމުކޮށްފި

އޮޅުވާލައިގެން މަކަރާ ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ބަޔަކު ބޭނުންކުރަމުން ގެންދާ އެކައުންޓް ނަންބަރުތަކެއް ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާ މުއާމަލާތްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައް ކަމަށް ފާހަގަކުރެވިފައިވާ ހަ އެކައުންޓް ނަންބަރު ވަނީ އާންމުކޮށްފަ އެވެ، އެއީ 7730000304660 ، 7730000089422 ، 7730000042772 ، 7730000364429 ،7730000203888 އަދި 7770000000544 އެވެ.

ފުލުހުން ބުނީ ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް ނުވަތަ އެހެނިގެން ގޮތްގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން ހާމަކޮށްފައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކޮށް މި ކުށުގެ ޝިކާރަކައަކަށް ވެފައިވާ މީހަކު ހުރިނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށެވެ.

މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.