އިސްލާމިކް މިނިސްޓްރީ

އާޝޫރާ ދުވަހަކީ އަންނަ ބުދަ ދުވަސް: އިސްލާމިކް މިނިސްޓްރީ

އާޝޫރާ ދުވަހަކީ އަންނަ ބުދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހިޖުރީ އާ އަހރު ފެށުމުގައި ގައުމުތަކުގެ މެދުގައި ތަފާތުކަން ހުންނަ ކަމަށާއި ނަމަވެސް އަމަލުކުރަން ޖެހޭނީ އެބަޔަކު ދިރިއުޅޭ ތަނެއްގައި އަމަލުކުރާ އުސޫލުގެ ދަށުން ކަަމަށެވެ.

އެހެންކަމުން ރާއްޖޭގައި އާޝޫރާ ދުވަސް ވަނީ ބުދަ ދުވަސް ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

"ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުތަކުގެ ތެރެއިން 1443 ވަނަ އަހަރުގެ މުހައްރަމު މަހުގެ އެއްވަނަ ދުވަހަކީ މި ހިނގާ އޯގަސްޓްމަހުގެ ނުވަވަނަ ދުވަސްކަމަށްވާތީ 1443 ވަނަ އަހަރުގެ މުހައްރަމުމަހުގެ 10 ވަނަ ދުވަހަކީ އާޝޫރާ ދުވަހަކީ މިހިނގާ އޯގަސްޓްމަހުގެ 18 ވަނަ ވާ ބުދަ ދުވަހެވެ،" އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވެއެވެ.

އާޝޫރަ ދުވަހު ރޯދަ ހިފުމަކީ ސުންނަތަށް ވާތީ އެ ދުވަހު ރޯދަ ހިފުމަށް ވެސް އިސްލާމިކް މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.

އެ ދުވަހު ރޯދަ ހިފުން ސުންނަތްވެގެންވާ ގޮތަކީ އާޝޫރާ ދުވަހުގެ ކުރީ ދުވަހާއެކު ނުވަތަ އާޝޫރާ ދުވަހުގެ ކުރީ ދުވަހާއެކު ނުވަތަ އާޝޫރާ ދުވަހާއި އެދުވަހުގެ ފަހު ދުވަހާއެކު ރޯދަ ހިފުމެވެ.