ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރަކީ 130

ރާއްޖެއިން އިތުރު 130 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 79،419 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 36 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 86 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 8 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 5،237 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،679 މީހުންނެވެ. މިހާތަނަށް 77،506 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 13 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 222 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.

ކޮވިޑްގެ ކޭހެއް ރާއްްޖެއިން ފުރަތަމަ ފެނުނީ މާޗް މަހުގެ ފުރަތަމަ ހަފްތާގައެވެ. މާލެ ސިޓީން ކޮވިޑް ކޭހެއް ފެނުނީ އޭޕްރީލް މަހުގެ 15 ދުވަހުގެ އެވެ. އޭގެ ފަހުން 525 ދުވަސް ފާއިތުވެ ދިޔައިރު ކޮވިޑްގެ ނުރައްކާތެރި ހަތަރު ރާޅެއް ދިވެހިން ވަނީ ތަޖުރިބާ ކޮށްފައެވެ.

އޭޕްރީލް ފަހުކޮޅުން ފެށިގެން ޖޫންގެ ކުރީ ހަފްތާއާ ހަމައަށް ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ބަލި ޖެހުނު މީހުންގެ 60 އިންސައްތަ އަކީ އެ މުއްދަތުގަައި ބަލި ޖެހުނު މީހުންނެވެ. އަދި މިހާތަނަށް ކޮވިޑްގައި މަރުވި 222 މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ މީހުން މަރުވީވެސް އެ މުއްދަތުގައެވެ.

މެއި މަހު އެކަނިވެސް 88 މީހަކު މަރުވިއެވެ. 35،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. މެއި މަހުގެ އެންމެ ދުވަހެއް ފިޔަވައި އެހެން ހުރިހާ ދުވަހަކު ކޮވިޑްގައި މީހުން މަރުވިއެވެ. ސައުވީސް ގަޑިއިރުތެރޭ 13 މީހަކު މަރުވި ދުވަހެއްވެސް ދިޔައެވެ.