ރައީސް އަބްދުﷲ ޔާމީން

މިނިވަންކަމާއެކީ ކުރިއަށްދިޔުމުގެ ހައްގު ފަލަސްތީނަށް ލިބެންޖެހޭނެ: ރައީސް

Nov 23, 2015
1
0%
0%
0%

ފަލަސްތީނުގެ ރައްޔިތުންނަށް ބޭރުގެ އެއްވެސް ނުފޫޒެއް ނެތި އަމިއްލަ ގައުމުގެ މިނިވަންކަމާއެކީ ކުރިއަށް ގެންދާނެގޮތްތައް ނިންމުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފަލަސްނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން ރައީސް އެގައުމަށް ފޮނުވި މެސެޖުގައި ވިދާޅުވީ ފަލަސްތީނަށް ލިބިދޭންޖެހޭ ސުލްހަވެރިކަމާއި އިންސާފު ނުލިބި އިތުރު އަހަރެއް ފާއިތުވެގެން ދިޔުމުން ހިތާމަކުރައްވާ ކަމަށާއި އެ ހަމަނުޖެހުންތަކަށް މިހާރުންމިހާރަށް ހައްލެއް ހޯދަންޖެހިފައިވާ ކަމަށެވެ.

އަދި ބައިނަލްލަގުވާމީ މުޖުތަމައުގައި ކުރެވެމުންދާ މަސައްކަތްތައް ފުރިހަމަވެގެންދާނީ ފަލަސްތީނުގެ ރައްޔިތުން އެއްވެސް ބިރުވެރިކަމެއްނެތި، މިނިވަންކަމާއެކު ދިރިއުޅެމުންދާ ދުވަހެއް ފެނުމުން ކަމަށާއި އެގައުމުގެ ރައްޔިތުންނަށް އަމާންކަން ގާއިމް ކުރުމަށާއި، އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖުތަމައުތަކަށް އިލްތިމާސް ކުރާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ފަލަސްތީނަށް ފޮނުވެ މެސެޖުގައި ރައީސް އަބްދުﷲ ޔާމިން ވަނީ ފަލަސްތީނުގެ ދިދަ އދ ގެ މައިމަރުކަޒުގައި އެހެން ގައުމުތަކުގެ ދިދަތަކާއެކު ނަގާފައި ހުރުމަކީ ފަލަސްތީނަށް ލިބިގެންދިޔަ ކުރިއެރުމެއް ކަން ފާހަގަ ކުރައްވާ ވަރަށް އަވަސް މުސްތަގުބަލެއްގައި ފަލަސްތީނަކީ ފުރިހަމަ މިނިވަން ދައުލަތަކަށް ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910