ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް އޮމަދޫއަށް ވަޑައިގެންފި

Aug 18, 2021

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތ. އޮމަދޫ އަށް ވަޑައިގެންފި އެވެ.

ރައީސް މީގެކުޑައިރުކޮޅެއް ކުރިން އޮމަދޫ އަށް ވަޑައިގަތުމުން އެރަށުގެ ވަރަށް ގިނަ ރައްޔިތުން ވަނީ ރައީސް ސޯލިހަށް މަރުހަބާ ކިޔާފަ އެވެ.

އޮމަދޫއަށް ވަޑައިގެން ރައީސް ވަނީ އެރަށުގެ ބަންދަރު ރަސްމީކޮށް ހުޅުއްވަވައި ދެއްވާފަ އެވެ.

ރައީސް މިހާރު އޮމަދޫ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ތ. އަތޮޅުގެ ހަތް ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތިން ވަނަ ރަށެވެ. ރައީސް ވަނީ ތިމަރަފުއްޓަށާއި ކިނބިދޫއަށް މީގެކުރިން ވަޑައިގެންފަ އެވެ.

ރައީސްގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސް އޮފީހާއި، ދައުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.