ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގާފަރު

ކޮވިޑް ފެނިގެން ގާފަރު ބަންދުކޮށްފި

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން ކ. ގާފަރަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް އެ ރަށް ގެނެސްފި އެވެ.

އެ ރަށުން ޕޮޒިޓިވްވެފައިވަނީ ދެ މީހެކެވެ. އެއީ ސުކޫލު ޓީޗަރާއި މަސައްކަތު މުވައްޒިފެކެވެ.

އެޗްޕީއޭއިން ބުނީ އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ކޮންޓްކެޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ގާފަރަށް އަރާ ފޭބުން މަނާ ވާނެ ކަމަށެވެ.

މިވަގުތު އެޗްޕީއޭގެ "ކޮވިޑް ބަންދު" ގައި އޮތީ 19 ރަށެކެވެ. އެއީ ރ. ދުވާފަރާއި ކ. ކާށިދޫ އާއި ށ. ފީވަކާއި ހއ. ތަކަންދޫ އާއި ދ. ކުޑަހުވަދޫ އާއި އއ. ހިމަންދޫ އާއި ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫ އާއި އދ. ހަންޏާމީދޫ އާއި ހދ. ނެއްލައިދޫ އާއި ހއ. އިހަވަންދޫ އާއި ގދ. ތިނަދޫ އާއި އދ. ދަނގެއްޗާއި ގއ. މާމެންދޫ އާއި ގއ. ކަނޑުހުޅުދޫ އާއި މ. މަޑުއްވަރީ އަދި ރ. އަލިފުއްޓެވެ.