ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

ޗީފް ސްޓެޓިސްޓީޝަން އައްޔަން ކޮށްފި

Aug 21, 2021
ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން
0%
0%
0%

ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގައިވާ ގޮތުގެ މަތީން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފި އެވެ.

އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އައިޝަތު ހަސަނެވެ.

އެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވައިލީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ. އެ ގާނޫނުގެ ދަށުން ރާއްޖޭގެ ރަސްމީ ތަފާސްހިސާބުތައް އެއްކުރުމާއި، އެއްކުރެވޭ މައުލޫމާތުގެ ނަތީޖާ ހޯދުމާއި، އާންމު ކުރުމާއި، ބޭނުން ކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، އެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި މިނިވަން މުއައްސަސާއެއް އުފައްދަން ޖެހެ އެވެ.

އެ ގާނޫނަށް އަމަލު ކުރަން ފަށާތާ މަސް ދުވަސް ތެރޭގައި ޗީފް ސްޓެޓިސްޓީޝަން ހިމެނޭ ގޮތަށް އެ ކައުންސިލަށް އައްޔަން ކުރަން ޖެހޭ ހުރިހާ މެންބަރުން އައްޔަންކޮށް އެ ކައުންސިލް އެކުލަވާ ނިންމަން ޖެހޭނެ ކަމަށް ބަޔާން ކޮށްފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910