މީރާ

މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

އދ. މަހިބަދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

މަހިބަދޫ ކަލެކްޝަން ސެންޓަރު ހުޅުވައިފައި ވަނީ މިއަދު ބޭއްވި ހަފުލާއެއްގަ އެވެ. ސެނޓަރު ހުޅުވައި ދެއްވީ އދ. އަތޮޅުގެ ކައުންސިލް ރައީސްް އަލީ ނާސިރެވެ.

މި ސެންޓަރަކީ މީރާއިން ދެމުން އަންނަ ހިދުމަތްތައް އެ އަތޮޅުގެ ރައްޔިތުންނަށް ގާތުން ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތް ތަކުގެ ތެރެއިން ހުޅުވި ސެންޓަރެކެވެ. މި ސެނޓަރުން އެ ސަރަހައްދުގައި ދިރއުޅޭ އަދި ޓެކްސް ދައްކާ ފަރާތްތަކަށް ލުއިތަކެއް ލިބިގެންދާނެ އެވެ.

އަތޮޅުތަކުގައި ގާއިމް ކޮށްފައިވާ މީރާގެ އޮފީސްތަކުން މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބެ އެވެ. އޭގެތެރޭގައި، މީރާގައި ރަޖިސްޓަރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރު ކޮށްދިނުމުގެ އިންތިޒާމް ހިމެނެ އެވެ.

މިހާތަނަށް މީރާއިން ވަނީ 18 އަތޮޅެއްގައި 19 އޮފީސް ގާއިމުކޮށްފަ އެވެ.