ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑްގައި މިއަދު މަރުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައި އުމުރުން 75 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ މަރުވީ މިއަދު ހެނދުނު 11:20 ގައި ކަމަށެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 223 ވަނަ މީހާ އެވެ. އެ ބަލި ޖެހިގެން އެންމެ ފަހުން ރާއްޖޭގައި މީހަކު މަރުވީ މީގެ 18 ދުވަސް ކުރިން ފުވައްމުލަކުގަ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ކުރިއާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. މުޅި ރާއްޖެއިން އިއްޔެ 110 މީހުން ޕޮޒިޓިވްވި އިރު މާލެއިން ޕޮޒިޓިވްވީ 34 މީހުނެވެ.