ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

20،000 އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ޖަހައިފި

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމުގައި 20،000 އަށްވުރެ ގިނަ ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

ސުކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖަހައި ދެމުން އަންނަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އެ ކުދިންނަށް ޖަހައި ދެނީ ފައިޒާ ވެކްސިނެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު ބުނެފައި ވަނީ 20،239 ދަރިވަރުން މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ކަމަށެވެ. މިއީ މި ކެޓެގަރީގެ އާބާދީގެ 50 ޕަސެންޓަށް ވުރެ އިތުރު އަދަދެއް ކަމަށް ވެސް މިނިސްޓްރީން އިން ވަނީ ފާހަގަކޮށްފަ އެވެ.

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ޕްރޮގްރާމު ފެށީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒާ ވެކްސިން މިމަހުގެ ނުވަ ވަނަ ދުވަހު ރާއްޖެއަށް ލިބުމާއި ގުޅިގެނެންނެވެ. އެ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ ގާތްގަނޑަކަށް 40،000 ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖަހާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ އިތުރުވެފަ އެވެ.

ވެކްސިން ޖަހަން ދާންޖެހޭ މަރުކަޒުތަކާއި ގަޑިތައް ސްކޫލްތަކުން ބެލެނިވެރިންނާއި ދަރިވަރުންނަށް މިނިސްޓްރީއިން އަންގަމުންދާނެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮންމެވެސް އެއް ސްކޫލެއްގެ ހުރިހާ ދަރިވަރުންނަށް ވެކްސިން ޖެހުން ކުރިއަށްދާއިރު، މިމަހުގެ ނިޔަލަށް ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމާލުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒެކެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެކްސިން ދިނުމަށްފަހު، މިއަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާނެ އެވެ.