ހިޔާ މަޝްރޫއު

ހިޔާ ޓަވަރުތަކަށް މާދަމާ ކަރަންޓް ދޭން ފަށަނީ

ހިޔާ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ފަހު މާދަމާ އަލުން ކަރަންޓްގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.

ހިޔާ ޓަވަރުތަކަށް ކަރަންޓް ދިނުން މެދުކަނޑާލީ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަންކޮށް ނިމެންދެން ކަމަށެވެ. އަދި އެ ނިންމުން ނިންމީ އެޗްޑީސީން އެ ގޮތަށް އެންގުމުން ކަމަށެވެ.

ސްޓެލްކޯއިން މިރޭ ބުނީ ހިޔާ 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިންމާ އެޗްޑީސީން އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އެންގުމާއި ގުޅިގެން މާދަމާ އެ ދެ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެ ޓަވަރުން ފްލެޓް ލިބިފައިވާ މީހުންނަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އެންގިގެން ދާނެ ކަމަށެވެ.

"އެ ބޭފުޅަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް މި ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފްލެޓްގެ ތަޅުދަނޑިއާއެކު ޓަވަރުތަކަށް ވަޑައިގަތުމަކީ މި ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް،" ސްޓެލްކޯ އިން ވަނީ ބުނެފައެވެ.