އެވިޑް ކޮލެޖުގައި އާޓްސް އެންޑް ލިޓްރޭޗާގެ ނަމުގައި ފެކަލްޓީއެއް އުފެއްދުމަށް ފަހު، ޑީންގެ މަގާމަށް ދިވެހި ބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ހަމަޖައްސައިފި އެވެ.
އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފެކަލްޓީ އުފައްދާ، އަޝްރަފަށް ޑީންގެ މަގާމުގެ ލިޔުން ހަވާލުކޮށްފައި ވެ އެވެ.
އަޝްރަފް ވަނީ ދިވެހި ބަހުގެ އެކެޑެމީ އުފެއްދި ދުވަހުން ފެށިގެން މި މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް އެ އެކެޑެމީގެ ރައީސްގެ މަގާމު ފުރުއްވާފަ އެވެ.
އަޝްރަފް ވިދާޅުވީ އެވިޑް ކޮލެޖުން އޭނާއަށް މަރުހަބާ ކިޔުުމުން އުފާވާ ކަމަށެވެ. މިއަދު ރަސްމީކޮށް އެވިޑް ކޮލެޖުގެ މަގާމަކާ ހަވާލުވި ނަމަވެސް މާ ކުރިއްސުރެ ވެސް އެ ކޮލެޖްގައި ތަފާތު ކޯސްތަކުގައި ބަހާބެހޭ މާއްދާތައް ކިޔަވައި ދެއްވަމުން ގެންދެވި ކަމަށެވެ.