އަލިފާން

ށ. ފޭދޫ ސްކޫލުގެ ބާ އިމާރާތުގައި ރޯވެ އަނދަނީ

ށ. ފޭދޫ ސްކޫލުގެ ބާ އިމާރާތުގައި ރޯވެ އަނދަން ފަށައިފި އެވެ.

ފޭދޫ ކައުންސިލްގެ މެމްބަރު ހަމްދޫން އާދަމް އަަވަސްއަށް ވިދާޅުވީ އެ އިމާރާތުގައި ރޯވެ އަނދަމުންދާ ކަމަށާއި އަދި އެކަން ފުލުހުންނާއި އެމްއެންޑީއެފްގެ ސަމާލުކަމަށްވެސް މިހާރު ގެނެސްފައިވާ ކަމަށެވެ.

އެ އިމާރާތުގައި ކަރަންޓުވެސް ނުހުންނަ ކަމަށާއި އަދި އެ ތަނުގައި ރޯވާން ޖެހުނު ސަބަބެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ

އަލިފާންރޯވެފައި ވަނީ އެ އިމާރާތުގެ ފަސް ކްލާސްރޫމް އެއްގަ އެވެ.

އެ އިމާރާތް ބޭނުން ނުކުރާތާ މިހާރު ފަސް އަހަރު ވެދާނެ ކަމަށް ހަމްދޫން ވިދާޅުވެ އެވެ.