އަލްޖީރިއާއިން އަވަށްޓެރި މޮރޮކޮއާ ގުޅުން ކަނޑާލައިފި އެވެ. އަލްޖީރިއާއިން ބުނި ގޮތުން ގުޅުން ކަނޑާލަން ޖެހުނީ ގުޅުން ދެމެހެއްޓުމަށް ސުލްހަވެރި މާނާގައި ކުރި އެއްވެސް ކަމެއް ކޮޅެއްގައި ނުޖެހުމުންނެވެ.
ސައުދީ އަރަބިއާއިން ބުނީ ތިމާގެކަން ކަނޑާލުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ގުޅުން އާ ކުރަން ހުރިހާ ގޮތަކުން ވެސް އެހިތެރި ވެދޭނެ ކަމަށެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހްރެއިން އަދި ކުވޭތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބުނީ މަސްލަހަތަށްޓަކައި މަޝްވަރާކުރަން ޖެހޭ ކަމަށާއި ދެ ގައުމަށް ވެސް އެހިތެރި ވެދޭނެ ކަމަށެވެ.
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ) އަދި އަރަބް ލީގުން ވެސް ބުނީ މަޝްވަރާ ލަސްކޮށްގެން ނުވާނެ ކަމަށާއި ގުޅުން ބަދަހި ނުކޮށް ތިބެގެން ނުވާނެ ކަމަށެވެ.
އަލްޖިރިއާއާ އަޅާ ބަލާއިރު މޮރޮކޯއަކީ ކުޑަކުޑަ ގައުމެކެވެ. އަލްޖީރިއާއިން ތުހުމަތުކުރާ ގޮތުން އެގައުމުގެ ދާޚިލީ މަސްލަހަތަށް މޮރޮކޯ ނުފޫޒު ފޯރުވަ އެވެ. އަދި އަލްޖިރިއާއިން ކުރާ ކަންތައްތަކުގެ ތެރެއަށް މޮރޮކޯ ވަދެ އެވެ.
އަލްޖީރިއާގެ ފޮރިން މިނިސްޓަރު ރަމަތާން އަލްއަމާމިރާ ވިދާޅުވި ގޮތުން މޮރޮކޯއާ ގުޅުން ކަނޑާޅަން ޖެހުނީ ބައިވަރު ސަބަބުތަކާ ހެދި އެވެ. އަލްޖީރިއާއިން ތުހުމަތުކުރާ ގޮތުން އެގައުމުގެ ހުޅަނގު ޖަންގަލީގައި އަލިފާން ރޯކުރީ މޮރޮކޮއިން ވާގިވެރިވާ ގުރޫޕްތަކުންނެވެ. އަލިފާންގަނޑު ތައްކަތުކުރަން އަވަށްޓެރި ގައުމުތަކުން ވެސް ވަނީ އެހީތެރިވެފަ އެވެ. މިހާދިސާގައި އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި ބައް މީހުންގެ މުދަލާއި ގެދޮރުން ވަނީ ނެތި ގޮސްފަ އެވެ.
މޮރޮކޯއާ އަލްޖީރިއާ ހިއްސާކުރާ ބޯޑަރަކީ ވެސް އަރާރުން ބޮޑު ސަބަބެކެވެ. ހުޅަނގު ސަހަރާގެ ނަމުން މަޝްހޫރު ސަރަހައްދާ މެދު ވެސް ދެގައުމު އޮންނަނީ އުދާސްވެފަ އެވެ. ދެގައުމުން ވެސް ބުނަނި ހުޅަނގު ސަހަރާ އަކީ އެބައެއްގެ ތަނެއް ކަމަށެވެ.
އަލްޖީރިއާއާ މޮރޮކޯއާ ކޯޅެން މެދުވެރިވާ ސަބަބަކަށް އިޒްރޭލު ވެސްވެ އެވެ. މޮރޮކޯ އަކީ އެމެރިކާއާ އިޒްރޭލާ ގާތް ގުޅުންމެއް އޮންނަ ގައުމެކެވެ. އަލްޖީރިއާ ގަބޫލުކުރާ ގޮތުން ހުލަނގާ ނުލައި ވެސް ގައުމު ތަރައްގީކުރެވޭނެ އެވެ.
އެމެރިކާގެ ރައީސްކަމުގައި ޓްރަމްޕް ހުންނެވިއިރު އިޒްރޭލާ މޮރޮކޯއާ ގުޅުން ބަދަހިކުރަން މަޝްވަރާކުރީ ހުޅަނގު ސަހަރާއިން ބައެއް މޮރޮކޯއަށް ފަތްލިޔެދޭ ގޮތަށެވެ. އެހެން ނަމަވެސް އެކަންތަކުގައި ވައިހިފުމުގެ ކުރިން ޓްރަމްޕަށް ވެރިކަން ގެއްލުނީ އެވެ.