ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިތުރު 1000 މީހަކު ވެކްސިން ޖަހައިފި

ކޮވިޑް-19 އިން ދިފާއުވުމަށް 300،671 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ބުދަ ދުވަހު ދުވަހު 80 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 164 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ދިން 244 މީހުންނެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 380،379 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ އާބާދީއަށް ވެކްސިން ޖެހުމަށް ހާއްސަ ޕްރަގްރާމެއްވެސް މިހާރު ވަނީ ފަށާފައެވެ. އެ ޕްރޮގްރާމުގެ ދަށުން 66 ޕަސަންޓް ކުދިން ވެކްސިން ފުރިހަމަކޮށްފައިވެއެވެ.

ދަރިވަރުންގެ ވެކްސިން ޕްރޮގްރާމު ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ކުދިންނަށް ދެނީ ފައިޒާ ވެކްސިނެވެ.

ސަރުކާރުގެ ފަރާތުން ދަރިވަރުންގެ ވެކްސިން ޕްރޮގްރާމުގެ މައުލޫމާތު ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދަރިވަރުންގެ ވެކްސިން ޕްރޮގްރާމުގައި މިހާތަނަށް 81 ޕަސަންޓް ކުދިން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމުގައި 31،000 އަށް ވުރެ ގިނަ ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒު އިއްޔެއާ ހަމައަށް ޖަހާފައިވާ ކަމަށެވެ.