މޫސުން

ބޯކޮށް ވާރޭވެހި އައްޑޫގެ ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ

Nov 25, 2015

އައްޑޫ ސިޓީގެ ބައެއް ރަށްރަށަށް މިއަދު ބޯކޮށް ވާރޭވެހި ބައެއް ގޭގޭގައި ފެންބޮޑުވެ ދަތިތަކާ ކުރިމަތިވެްޖެ އެވެ.

އައްޑޫ ސިޓީގެ ފުލުސް ކޮމާންޑަރު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ޖަމްޝީދު ޢަލީ ވިދާޅުވީ މިއަދު ހަވީރު 5.00 ޖަހާ އެހާކަންހާއިރުން ފެށިގެން އައްޑޫ ސިޓީއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހެމުންދިޔަ ކަމަށާއިި ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވެ އާންމުންނަށް ދައްޗާ ކުރިމަތިވެފައިވާ ކަމަށެވެ.

ވާރޭގައި ފޭދޫން 31 ގެއަކަށާއި މަރަދޫ ފޭދޫން 10 ގެއަކަށް އަދި މަރަދޫގެ ގެއަކަށް ފެންވަދެ ފެނުގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ.

ފެންބޮޑުވެފައިވާ ގޭގެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ ސިފައިން ނިކުމެ އެހީތެރިކަން ފޯރުކޮށްދީ ވެލިބަސްތާ ޖެހުމުގައި ވަނީ ހަރަކާތްތެރިވެފައެވެ.