ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިލަންދޫ

ޕޮޒިޓިވް ކޭސްތަކެއް ފެނި މިލަންދޫ ބަންދުކޮށްފި

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން ށ. މިލަންދޫއަށް އަރާ ފޭބުން މަނާކޮށްފި އެވެ.

އެ ރަށުން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ރޯގާގެ އަލާމަތްތައް ހުރެގެން ފްލޫ ކުލިނިކަށް ދެއްކި ބައެކެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާ ކަމަށެވެ.

މިލަންދޫގެ އިތުރުން މުންޑޫވެސް މިއަދު ވަނީ ބަންދުކޮށްފައެވެ. މި ހަފްތާގެ މެދުތެރެއިން ފެށިގެން މުންޑޫގައި ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. އިއްޔެ ނެގި ސާމްޕަލްތަކުންވެސް ބައެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

މި ދެ ރަށް ހިމެނޭހެން 15 ރަށެއް މިވަގުތު އޮތީ ބަންދު ކޮށްފައެވެ.