ޔޫސުފް ޝަފީއު

ޔޫއްޕެ، ފިލްމު ކުޅޭނެ މީހުން ހޯދަނީ

މަޝްހޫރު ފިލްމީ ތަރި އަދި ކުޅަދާނަ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ޔޫއްޕެ ޕްރޮޑަކްޝަން" އިން ކާސްޓުން ހޮވުމަށް އޮޑިޝަނެއް ބާއްވަން ނިންމައިފި އެވެ.

މިއީ އެ ޕްރޮޑަކްޝަން އިން އަލަށް އުފައްދަން ނިންމާފައިވާ ފިލްމް އަދި ޑްރާމާ ސިލްސިލާތަކަށް ތަރިން ހޯދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ އޮޑިޝަނެކެވެ.

ޔޫއްޕެ ބުނީ އޮޑިޝަންގައި ބައިވެރިވާން ބޭނުން ދެ ޖިންސުގެ މީހުންނަށް ދައުވަތު ދޭ ކަމަށެވެ. އޮޑިޝަން އޮންނާނީ މިރޭ ސީޑް ބައި ބީސީސީ ގެ ފުރަތަމަ ފަންގިފިލާގައެވެ. އޮޑިޝަން ކުރިއަށް ދާނީ އިރުއޮއްސި ހަތަކުން ރޭގަނޑު ނުވަޔަކަށެވެ.

"ޔޫއްޕެ ޕްރޮޑަކްޝަން" އިން ކާސްޓުން ހޮވުމަށް އޮޑިޝަނެއް ބާއްވަން ނިންމާފައިވާއިރު މިފަހުން އެންމެ ގިނަ އުފެއްދުންތައް ބެލެންތެރިންނާއި ހަމައަށް ގެނެސްދެމުންދާ އެ ސްޓޫޑިއޯއަކީ އެއީއެވެ. ޔޫއްޕެ ފާހަގަ ކުރެވިފައިވަނީ ފިލްމީ ދާއިރާއަށް އައު ތަރިން ތައާރަފުކުރުމުގައި ވަރަށް ބޮޑު އިސްކަމެއްދޭ ޑައިރެކްޓަރެއްގެ ގޮތުގައެވެ. ވަރަށް ގިނަ ތަރިން އޭނާ ވަނީ ފިލްމީ ދާއިރާއަށް ނެރެދީފައެވެ.