ދިވެހި ސިނަމާ

މި މަހު "ގިރިދަ" ޕްރިމިއާ ކުރަނީ

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން ގެނެސްދޭނިންމާފައިވާ އާ ވެބް ސީރީޒް "ގިރިދަ" މި މަހުގެ ހަތްވަނަ ދުވަހު ޕްރިމިއާ ކުރަން ނިންމައިފި އެވެ.

ގެކުޅަދާނަ ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ސީރީޒްއަކީ ހެއްވާ މަޖާ އެތައް ކަމެއް ހިމެނޭ ކޮމެޑީ ވެބް ސީރީޒެކެވެ.

ވެބް ސީރީޒް ގެންނަކަން އިއުލާނު ކުރުމާއެކު ވެބް ސީރީޒްގެ އޮފިޝަލް ޓްރެއިލާ ވެސް މިހާރު ވަނީ އާންމުންނަށް ދައްކާލާފަ އެވެ.

ޓްރެއިލާއިން ހެއްވާ މަޖާ އެތައް ކަމެއް ފެނިގެން ދެއެވެ. އެގޮތުން ފިލްމު ކުޅެން ޝައުގުވެރިކަން ހުރި ބައެއްގެ ތެރޭގައި ހިނގާ ތަފާތު ކަންކަން ފެނިގެންދެ އެވެ.

ޝަފީގް ބުނީ ވެބްސީރީޒް ހަތްވަނަ ދުވަހު ޕްރިމިއާކުރަން މިހާރު ނިންމާފައިވާ ކަަމަށެވެ.

މީޑިއާ ނެޓް މެދުވެރިކޮށް ގެނެސްދޭން ނިންމާފައިވާ މި ވެބް ސީރީޒްގައި ގިނަ ތަރިންތަކެއް ފެނިގެން ދާނެ އެވެ. އެގޮތުން އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮންޔަ) އާއި އަހުމަދު އަހުމަދު ޒިޔާ އަދި ފާތިމަތު ނޫރާ ފެނިގެންދާނެ އެވެ. ވަރަށް ގިނަ އައު ތަރިން ވެސް މި ވެބް ސީރީޒް އިން ފެނިގެންދާނެ އެވެ.