އދ. އޮމަދޫ

މަސްފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު މަރުވެއްޖެ

މަސްފެންގަނޑަކަށް ވެއްޓި 11 މަހުގެ ކުއްޖަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އދ. އޮމަދޫގައެވެ. މަރުވެފައިވަނީ ފިރިހެން ކުއްޖެކެވެ.

ކުއްޖާ މަރުވެފައިވަނީ މަސްފެންގަނޑަށް ވެއްޓި ހާލު ސީރިއަސްވެގެން އޮމަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. މަރުކަޒުގެ އޮފިޝަލަކު އެކަން ވަނީ ޔަގީން ކޮށްދީފައެވެ.

ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު އެވެ.

މީގެ ކުރީންވެސް ރާއްޖޭގައި މަސްފެންގަނޑަށް ކުދިން ވެއްޓި މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.