އެޑްވަޓޯރިއަލް

އެމްޑަބްލިއުއެސްސީގެ އައިސް - މަސްވެރިންނަށް ފަސޭހަ

ޒަމާނަށް އައިސްފައިވާ ބަދަލާއެކު، މަސްވެރިކަމުގެ ވައްޓަފާޅި ބަދަލުވެ، ކަނޑުމަތީގައި ހޭދަކުރަންޖެހޭ ވަގުތު މިވަނީ އިތުރުވެފަ އެވެ. ވުމާއެކު، ބާނާ މަސް ތާޒާކަމާ އެކު ބެހެއްޓުމަށްޓަކައި އެންމެ މުހިންމު އެއް ޚިދުމަތަކީ އައިސް އެވެ. ހެޔޮ އަގެއްގައި ފަސޭހަކަމާއެކު އައިސް ލިބެން ހުރުމަކީ ދެމެހެއްޓެނިވި މަސްވެރި ކަމަށް މިއަދު ކޮންމެހެން މުހިންމު ކަމެކެވެ.

މަސްވެރިންނަށް ބޭނުންވާ މި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން، އަދި ވަކިން ހާއްސަކޮށް މަސްވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ރ. ދުވާފަރުގައި އައިސް ޕްލާންޓެއް ގާއިމުކޮށް އެސަރަހައްދުގެ މަސްވެރިންނަށް އައިސް ފޯރުކޮށްދެމުންނެވެ.

މަސްވެރިންނަށް ވީހާވެސް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށްޓަކައި 4 އެޕްރީލް 2021 އިން ފެށިގެން އެމްޑަބްލިޔުއެސްސީ އިން އައިސް ވިއްކާ އަގަށް ވަނީ ހެޔޮބަދަލުތަކެއް ގެނެވިފަ އެވެ. އެގޮތުން ޖީއެސްޓީ އާއި އެކު މިހާރު އެމްޑަބްލިއުއެސްސީން އައިސް ޓަނެއް ވިއްކަމުން އަންނަނީ 1,050 ރުފިޔާ އަށެވެ.

އައިސް ޑެލިވަރީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި ރޭގަނޑު 10:00 އާއި ދެމެދު ދުވާފަރު ކަސްޓަމާ ސާވިސް މެދުވެރިކޮށް އައިސް އަށް އޯޑަރު ކުރެވޭނެ އެވެ. އަދި އެމްޑަބްލިއުއެސްސީގެ އައިސް ހޮޓްލައިން ނަމްބަރު 7999151 އަށް ގުޅައިގެން ވެސް އައިސް އަށް އޯޑަރު ކުރެވޭނެ އެވެ. މީގެ އިތުރުން އެ ކުންފުނިން، މަސް ދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ހިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އެހެންކަމުން ޑެލިވަރީގެ ހިދުމަތާއެކު، ރ. ދުވާފަރުން އައިސް ލިބެން ހުރުމަކީ، ދުވާފަރުން އައިސް ގަންނަ ފަރާތްތަކާއި އަދި ކައިރި ރަށްތަކުގެ މަސްވެރިންނަށްވެސް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާ ކަމެކެވެ. މަސްވެރިކަމަކީ އެތައް ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މަސައްކަތަކަށް ވެފައި، އިގްތިސާދަށް އެހާމެ ފައިދާކުރަނިވި މަސައްކަތެއް ކަމުން، މި ހިދުމަތުގެ ޒަރީއާއިން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހިއްސާ ކުރެވުމަކީ އެމްޑަބްލިޔުއެސްސީ އިން ނުހަނު އުފަލާއި އެކު ފާހަގަ ކުރާ ކަމެކެވެ.