އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުން މޮޅުވެ ޓޮޓެންހަމް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
ވޮލްވްސްގެ ދަނޑުގައި ރޭ ޓޮޓެންހަމް އާއި ވަޓްފާޑް ބައްދަލު ކުރި މެޗުން ޓޮޓެންހަމް މޮޅުވީ 1-0 އިންނެވެ. މި މެޗުގައި ޓޮޓެންހަމްއަށް ގޯލު ޖަހައި ދިނީ އެޓީމުގެ ފޯވާޑް ސޮން އެވެ. ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ސޮން މިގޯލު ކާމިޔާބު ކޮށްދިނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މިއީ މި ސީޒަނުގައި ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބު ކުރި ދެވަނަ ގޯލެވެ.
މި މެޗުގައި ޓޮޓެންހަމުން ވަނީ ވަޓްފާޑްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާ ތަކެއް ފޮނުވާލާފަ އެވެ. ނަމަވެސް ކީޕަރު ވަނީ ހުޝިޔާރު ކަމާއިއެކު އެ ހަމަލާތައް ދިފާއު ކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ވޮލްވްސް ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 1-0 އިންނެވެ. ޔުނައިޓެޑްގެ މި ގޯލަކީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް މޭސަން ގްރީންވޫޑް ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއާއެއެކު ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރު ވެގެން ޔުނައިޓެޑް އޮތީ ތާވަލުގެ ތިން ވަނައިގަ އެވެ.
ލީޑްސް ޔުނައިޓެޑާއި ބާންލޭ ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މި މެޗު ތަކަށް ފަހު ދެން ޕްރިމިއާ ލީގުގެ މެޗުތައް އޮންނާނީ އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލުމަށް ފަހު މިއަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓޮޓެންހަމް އާއި ކްރިސްޓަލް ޕެލެސް އެވެ.