ދިރާގު

ދިރާގު ޕްރިޕެއިޑް ޑޭޓާ ސިމްތަކުން ތިން ގުނަ އިތުރު ޑޭޓާ

Sep 2, 2021

ދިރާގު ޕްރިޕެެއިޑް ޑޭޓާ ސިމްތަކުގެ ހުރަހާ ޕެކޭޖަކުން އިތުރު ހަރަދަކާ ނުލައި ތިން ގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ 30 ގެ ނިޔަލަށެވެ.

ދިރާގު ޕްރީޕެއިޑް ޑޭޓޭ ސިމްތަކުގެ ޕެކޭޖްތަކުގެ ތެރޭގައި މަހަކު 299 ރުފިޔާ އާއި 2999 ރުފިޔާގެ ދެމެދުގެ ޕެކޭޖްތައް ހިމެނެއެވެ. ކޮންމެ ޕެކޭޖެއްގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހެވެ.

ދިރާގު ޕްރިޕެއިޑް ޑޭޓާ ސިމްގެޕެކެޖްތައް އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ ޕެކޭޖްގެ ކީވޯޑްޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ކުރެވޭނެއެވެ.