އެސުސްގެ ޒެންބުކް ސީރީސް މަޝްހޫރު ވެފައިވަނީ ލުއި އަދި އަގު ހެޔޮ ލެޕްޓޮޕް މޮޑެލްއެއްގެ ގޮތުގަ އެވެ. ނަމަވެސް ކުރީގެ މޮޑެލްތަކާއި ހިލާފަށް މިފަހަރުގެ "ޒެންބުކް 14އެކްސް" މޮޑެލް އެ ކުންފުނިން ނެރެނީ އާ އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ ހިމެނޭ ގޮތަށެވެ.
އޯލެޑް ޑިސްޕލޭތަކަކީ އާންމު ގޮތެއްގައި އަގުބޮޑު "ޕްރިމިއަމް" ޑިވައިސްް ތަކުގައި ހިމެނޭ ޓެކްނޮލޮޖީ އެކެވެ. ނަމަވެސް އެސުސްއިން އެ ކުންފނީގެ އަގު ހެޔޮ ލެޕްޓޮޕް ސީރީޒްއަށް އޯލެޑް ޑިސްޕްލޭ ލާންފެށި ފަހުން އެ މޮޑެލްގެ އަގު ވަނީ ކުރިއާ ބަލާ ބޮޑުވެފަ އެވެ.
ޒެންބުް 14އެކްސް އޯލެޑް ގެ ދެ މޮޑެލްއެއް ނެރޭނެ އެވެ. އެ ދެ މޮޑެލް އަކީ "4ކޭ އޯލެޑް އެޗްޑީއާރު" ޑިސްޕްލޭ ހިމެނޭ މޮޑެލް އަކާއި "2.8ކޭ އޯލެޑް 90 ހާޑްޒް" ޑިސްޕްލޭ ހިމެނޭ މޮޑެލްއެކެވެ. އަދި މިފަހަރުގެ ޑިސްޕްލޭތަކަކީ ކުރީގެ ޒެންބުކް 13 އޯލެޑް ގައި ހިމަނާަފއިވާ އޯލެޑް ޑިސްޕްލޭއަށްވުރެ ފެންވަރު ރަނގަޅު އަދި އަގު ބޮޑު ޑިސްޕްލޭތަކެކެވެ.
އެންމެ 1.4 ކިލޯގެ ޒެންބުކް 14އެކްސް މޮޑެލްގައި ފަހުގެ "އިންޓެލް ކޯ އައި7" ގ ޕްރޮސްސާއެއް ހިމެނޭ އިރު، 16 ޖީބީގެ ރެމް ހިމެނެ އެވެ. އަދި މި ލެޕްޓޮޕްގައި އެއް ޓީބީގެ ސްޓޯރޭޖްވެސް ހިމެނެ އެވެ.
އެސުސް އިން ޒެންބުކްގެ މި މޮޑެލް ވިއްކުމަށް ހަމަޖެހިފައި ވަނީ 1399 ޑޮލަރަށެވެ. މިއީ ކުރީގެ ޒެންބުކް 13 މޮޑެލްއާއި ބަލާ ގައިގަނޑަކަށް ދެގުނަ ބޮޑު އަދަަދެކެވެ.