ފިނިޕޭޖް

ޔުނނިވާސަލް ފިލްމްސް އާއި އެމެޒޯން ޑީލަކަށް

އެމެޒަން ޕްރައިމް ވިޑިއޯސް އަކީ ދުނިޔޭގައި ދެވަނަޔަށް އެންމެ މަގްބޫލް ސްޓރީމިންގް ސާވިސް
0%
0%
0%

ޔުނނިވާސަލް ފިލްމްސް އާއި އެމެޒޯން ޕްރައިމް ވިޑިއޯސް އާއި ދެމެދު ދިގު މުއްދަތަކަށް ދެމިގެން ދާގޮތައް އެކްސްކްލޫޒިވް ޑީލެއް ނިންމައިފި އެވެ.

މި ޑީލްގެ ސަބަބުން ޔުނިވާސަލް ފިލްމްސްގެ ސީރީޒް ތަކާއި ފިލްމްތައް އެކްސްކްލޫޒިވްކޮށް އެމެޒޯން ޕްރައިމް ވިޑިއޯއިން ފެނިގެންދާނެ އެވެ. ނަމަވެސް މި ފިލްމްތައް ޕްރައިމް ވިޑިއޯސްއިން ފެނިގެން ދާނީ ޔުނިވާސަލްގެ ސްޓްރީމިންގް ސާވިސް ކަމަށްވާ ޕީކޮކްގައި އެ ފިލްމް ޕްރިމިއާ ކުރުމަށް ފަހު އެވެ.

މި ޑީލަށް އަމަލު ކުރަން ނިންމާފައި ވަނީ 2022 ވަނަ އަހަރުގަ އެވެ. ނަމަވެސް އޭގެ ކުރިން ވެސް ޔުނިވާސަލްގެ ގިނަ ފިލްމްތަކެއް އެމެޒޯންގެ ސްޓްރީމިންގް ސާވިސް ތަކަށް ގެންދާނެ އެވެ. މީގެތެރޭގައި އާ ފިލްމްތަކާއި ކުރީގެ ފިލްމްތައް ވެސް ހިމެނެ އެވެ. ފާހަގަ ކޮށްލެވޭ ފިލްމް ސީރީޒް ތަކުގެ ތެރޭގައި ފާސްޓް އެންޑް ފިއުރިއަސް ސީރީޒް އާއި ޖުރާސިކް ވޯލްޑް ފިލްމް ސީރީޒް ހިމެނެ އެވެ.

މި ޑީލްގެ ސަބަބުން އެމެޒޯންގެ ހިލޭ ސްޓްރީމިންގް ހިދުމަތް ކަމަށްވާ "އައިއެމްޑީބީ ޓީވީ" އަށްވެސް ގިނަ ޔުނނިވާސަލްގެ ފިލްމްތަކެއް ލިބޭނެ އެވެ.

ސްޓްރީމިންގް ސާވިސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި އެމެޒޯންއިން ދަނީ އެ ކުންފުނީގެ ސްޓްރީމިންގް ސާވިސްތައް އިތުރަށް ފުރިހަމަ ކޮށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. އަދި މި މަސައްކަތުގައި ކުރިން ވަނީ މަޝްހޫރު "އެމްޖީއެމް" ސްޓޫޑިއޯވެސް ވަނީ ގަނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910