ފިނިޕޭޖް

ޖުލައިގެ ޕްލޭސްްޓޭޝަން ޕްލަސް ގޭމްތައް އިއުލާން ކޮށްފި

ޕްލޭސްޓޭޝަން ޕްލަސް ހިލޭ ތިން ގޭމް
0%
0%
0%

ޕްލޭސްޓޭޝަން ޕްލަސް މެމްބަރުންނަށް ޖުލައި މަހު ދޫކުރާ ހިލޭ ގޭމްތައް އިއުލާން ކޮށްފި އެވެ.

ޖޫން 30 ވަނަ ދުވަހު ޕްލޭސްޓޭޝަން ބްލޮގްގައި އެ ކުންފުނިން ވަނީ ތިން ގޭމެއް އިއުލާން ކޮށްފަ އެވެ. މީގެ ތެރޭގައި ދެ ޕްލޭސްޓޭޝަން ހަތަަރެއްގެ ގޭމް އާއި އެއް ޕްލޭސްޓޭޝަން ފަހެއް ގެ ގޭމެއް ހިމެނެ އެވެ.

މި ގޭމްތައް ހިލޭ ޑައުންލޯޑް ކުރުމަށް ޕްލޭސްޓޭޝަން ޕްލަސް ސަބްސްކްރިޕްޝަނެއް އޮންނަން ޖެހޭނެ އެވެ. ޕްލޭސްޓޭޝަންއިން އިއުލާން ކުރީ ތިން ގޭމެކެވެ.

އަ ޕްލޭގް ޓޭލް: އިނޮސެންސް

އަ ޕްލޭގް ޓޭލް އިނޮސަންސް ގެ ޕޯސްޓާ

"އަ ޕްލޭގް ޓޭލް: އިނޮސަންސް" އަކީ ޕްލޭސްޓޭޝަން ފަހަކަށް ޖުލައި މަހު ހިލޭ ދޫކުރާ ގޭމެވެ. އަދި މި ގޭމަކީ ބިރުވެރި ގޭމެކެވެ. މި ގޭމްގައި ފެނިގެން ދާނީ މި ގޭމްގެ މައި ކެރެކްޓާ އަމީސިއާ އަދި އޭނާގެ ކޮއްކޮ ހްޔޫގޯ ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑު ކަމަކުން ސަލާމަތް ވުމަށް ކުރާ މަސައްކަތްތަކެވެ.

ކޯލް އޮފް ޑިއުޓީ: ބްލެކް އޮޕްސް 4

ކޯލް އޮފް ޑިއުޓީ: ބްލެކް އޮޕްސް 4 ގެ ޕޯސްޓާ

އެކްޓިވިޝަންއިން ނެރޭ ކޯލްއޮފް ޑިއުޓީ ފްރެންޗައިސްގައި މަގްބޫލްކަމެއް ހޯދައިފައިވާ ބްލެކް އޮޕްސް ސީރީޒްގެ ހަތަރުވަނަ ބަޔަކީ އެހެން ކޯލް އޮފް ޑިއުޓީ ގޭމްތަކާއި ތަފާތު ގޭމެކެވެ. މި ގޭމްގައި ކެމްޕޭން މޯޑެއް ނުވެ އެވެ. ނަމަވެސް މަލްޓިޕްލެޔާ މޯޑް ޒޮމްބީސް އާއި ބެޓަލް ރޯޔަލް މޯޑެއް މިގޭމްގައި ހިމެނެ އެވެ.

މި ގޭމަކީ ޕްލޭސްޓޭޝަން ހަތަރަކަށް ނެރެފައިވާ ގޭމެކެވެ.

ޑަބްލިއުޑަބްލިއުއީ ޓޫކޭ: ބެޓަލް ގްރައުންޑްސް

ޑަބްލިއުޑަބްލިއުއީ ޓޫކޭ: ބެޓަލް ގްރައުންޑްސް ގެ ޕޯސްޓާއެއް

ޓޫކޭއިން ނެރެފައިވާ މަޝްހޫރު މި އާކޭޑް ގޭމްއަކީ ކުޅެލަން މަޖާ ގޮތަކަށް ޑިޒައިން ކޮށްފައިވާ ގޭމެކެވެ. މި ގޭމްގައި ޑަބްލިއުޑަބްލިއުއީގެ ތަރިން ފެނިގެންދާނެ އެވެ. އަދި މި ގޭމްގައި މި ތަރިންނަށް ހާއްސަ ބާރުތަކެއް ބޭނުން ކުރެވޭނެ އެވެ. މި ގޭމްގެ ޕްލޭސްޓޭޝަން ހަތަރެއްގެ ވާޝަން ޕްލޭސްޓޭޝަން ޕްލަސް މެމްބަރުންނަ ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

ޕްލޭސްޓޭޝަން ޕްލަސްގެ ޖުލައި މަހުގެ ހިލޭ ގޭމްތައް ޖުލައި ހަޔަކާއި އޮގަސްޓް ދޭކާއި ދެމެދު ޑައުންލޯޑް ކުރެވޭނެ އެވެ. އަދި ޕްލޭސްޓޭޝަން ޕްލަސް ސަބްސްކްރިޕްޝަން ބޭނުން ކުރާ މުއްދަތުގައި މި ގޭމްތައް ހިލޭ ބޭނުން ކުރެވޭނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިސްކިރީނު

ނުރައްކާ! ނުރައްކާ! ޅަދަރިންގެ ހަލާކު! ޅަދަރިން މިހާރުވެސް އެތިބެނީ އެއިން ލޯނައްޓާނުލެވިފައެވެ. ނިދިޖެހި ތާއްޔާޖެހި ތިބިތަނަށް ތިރިވާއިރުވެސް ލޯ އިސްކިރީނުން ނެއްޓިގެނެއްނުވެއެވެ. ނުލިބި ނުކުޅެވޭނަމަ، އެތިބައަންނަ ރުޅިއެއްގެވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެމީހުންގެ ބަސްމަގުވެސް ގޭމްތަކުގެ ބަސްމަގަށް ބަދަލުވާތަން ފެންނަނީ މަދުކޮށެއްނޫނެވެ! މައިން ބަފައިން ވިސްނަންއެބަޖެހޭ!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910