ދުނިޔެ

ނިއު ޒިލޭންޑްގައި ވަޅިން ހަމަލާދިން މީހާގެ ވަނަވަރު ހާމަކޮށްފި

އަހްމަދު އާތިލް މުހައްމަދު ސަމްސުއްދީން ނިއު ޒިލޭންޑްގެ އޯކްލޭންޑް ކޯޓެއްގައި 2018 ގައި
0%
0%
0%

ނިއު ޒިލޭންޑްގެ އޯކްލޭންޑްގައި ސްޕަމާކެޓެއް ތެރޭގައި ހަތް މީހަކަށް ވަޅިން ހަމަލާދިން މިހާގެ ވަރަނަވަރު އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އާންމު ކޮށްފި އެވެ. ސަލާމަތީ އިދާރާތަކުން ބުނާ ގޮތުން އޭނާގެ ނަމަކީ އަހްމަދު އާތިލް މުހައްމަދު ސަމްސުއްދީނެވެ. އުމުރަކީ 32 އަހަރެވެ.

އަހްމަދު އާތިލް ނިއު ޒިލޭންޑަށް ގޮސްފައި ވަނީ ސްރީ ލަންކާ މަގުން 10 އަހަރު ކުރިންނެވެ. އޭނާ އެ ގައުމަށް އެތެރެވެފައި ވަނީ ސްޓޫޑެންޓް ވިސާގަ އެވެ.

އާތިލް އުޅޭ ނޫޅޭ ގޮތް ފުލުހުން އެންމެ ފުރަތަމަ ބަލަން ފެށީ 2016 ގައެވެ. އެއީ ޓެރަރިޒަމަށް ވާގިވެރިވެ އަދި ހަރުކަށި ފިކުރަށް ސަޕޯޓްކޮށް ފޭސްބުކްގައި ލިޔަން ފެށި ހިސާބުންނެވެ.

ފުލުހުން ބުނާ ގޮތުން އާތިލް 2017 ގައި ސީރިއާއަށް ދާން މަސައްކަތްކުރި އެވެ. އަދި އޭނާ އެކަން ހުއްޓާ ނުލައި ގަދަ ދެއްކުމުން ހައްޔަރުކުރި އެވެ. އޭނާ ހައްޔަރުކުރީ ފުލުހުން ބުނާ ގޮތުން އެއާޕޯޓަކުންނެވެ. ފުލުހުން ބުނެފައިވާ ގޮތުން އޭނާ މަސައްކަތްކުރީ އައިސިސްއާ ގުޅުމަށެވެ.

ނިއު ޒިލޭންޑްގެ އޯކްލޭންގައި ވަޅިން ހަމަލާދިން ސުޕަމާކެޓް: ވަޅި ހިފައިގެން ހުރި މީހާ ވަނީ މަރާލާފައި

ފުލުހުން ބުނީ އާތިލް ރަނގަޅުވީ ކަމަށް ބަލައި ދޫކޮށްލާފައި ހުއްޓައި އޭނާގެ އަތުން ވަޅިއަކާއި ދާއިޝްއަށް ސަޕޯޓްކުރާ ލިޔުންތަކެއް 2018 ގައި ފެނުމުން ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި ކަމަށެވެ.

ނިއު ޒިލޭންޑް ފުލުހުން މިހާރު ވަނީ އާތިލް ގަޔަށް ބަޑިޖަހައި މަރާލާފަ އެވެ. އެއީ އޯކްލޭޑްގެ ޝޮޕިން މޯލެއްގައި ޖެހުނުހާ މީހެއްގެ ގަޔަށް ވަޅިހަރަމުން ދުވަނިކޮށެވެ. އޭނާ ވަޅިޖެހި ހަތްމީހުންގެ ތެރެއިން ތިންމީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް އިދާރާތަކުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910