ދުނިޔެ

އީރާނާ ގުޅުން ބަދަހިކުރެވިދާނެ: މެކްރޮން

ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އިރާންގެ ރައީސް އިބްރާހީމް ރައިސީއަށް ފޯނު ކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާ މެދު މަޝްވަރާ ކުރައްވައިފި އެވެ.

މެކްރޮން ވިދާޅުވީ އީރާނާއެކު އޮތް ގުޅުން އާ ޗެޕްޓަރަކުން ފަށަން ޖެހޭ ކަމަށާއި ހުރިހާ ދާއިރާއަކުން ވެސް އެއްބާރުލާން ޖެހޭ ކަމަށެވެ. އެނާ ވިދާޅުވި ގޮތުން އީރާނާ ގުޅުން ބަދަހިކޮށް އިގުތިސޯދާއިގެން ކުރިއަށްދާން ފްރާންސް ޝައުގުވެރިވެ އެވެ.

އިބްރާހީމް ރައިސީ ވިދާޅުވީ ފްރާންސްއާ ގުޅުން ބަދަހި ކުރުމަކީ އީރާނަށް ވެސް ބޮޑު ކުރިއެރުމެއް ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުން ރޫފިލުވާލަން ޖެހިފައި އޮތް ކަމަށެވެ.

ރައީސީ ވިދާޅުވީ އާ ޗެޕްޓަރެއް ފަށަން މެކްރޮން ދެއްވި ޚިޔާލަށް އީރާނުން ތާއީދު ކުރާނެ އެވެ. އަދި އީރާނަށް ކޮށްދެވެން ހުރި ކަމެއްގައި ފްރާންސަށް ހެޔޮ ބަދަލު ދޭނެ އެވެ.

ދެ ރައީސުން ފޯނުން ދެއްކެވި ވާހަކަތަކުގެ ތެރޭގައި އަފްޣާންގެ ހާލަތާއި އެމެރިކާއިން އީރާނަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ވާހަކަ ހިމެނެ އެވެ. ރައީސީ ވިދާޅުވީ އަފްޣާން ހަމަޖެހިފައި އޮތުމަކީ ސަރަހައްދަށް މުހިންމު ކަމެއް ކަމަށާއި ޓެރަރިޒަމްގެ ހާއްޔަކަށް ވެއްޖެ ނަމަ ނުރައްކާ ބޮޑު ކަމަށެވެ.

މެކްރޮން ވެސް މިމޭރުމުން ވާހަކަދެއްކެވި އެވެ. އަދި ވިދާޅުވީ އިރާނާއެކު ގާތް ގުޅުމެއް އަޅުން ފައްޓަވާނެ ކަމަށާއި މިއީ އެކަމަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ.