ޑރ. އައިޝަތު އަލީ

ކަރިކިއުލަމް ރިވިއު ކުރަނީ ސިޔާސީ މީހުނެއް ނޫން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ހަސަން އަފީފް: ދެ ބޭފުޅުންގެ ވާހަކަ ދިމައެއް ނުވޭ
0%
0%
0%

ކަރިކިއުލަމަކީ އަބަދުވެސް ބަދަލުވަމުން އަންނަ އެއްޗެއް ކަމަށާއި އެކަން ރިވިއު ކުރަނީ ސިޔާސީ މީހުން ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ނަފުރަތު އުފައްދަން މަގުފަހިވާ ގޮތަށް އިސްލާމް ފޮތްތަކުގައި ހުރި ލިޔެކިޔުންތައް ބަދަލު ކުރަމުން އަންނަ ކަމަށް މިނިސްޓަރާއި ހަވާލާ ދެއްވައި އެމްޑީޕީގެ "މެއި ހައެއް ކޮމެޓީ" އިން ބުނެފައި ވަނިކޮށް އެކަމާ ގުޅުވައި މިއަދު ސުވާލެއް އަމާޒު ކުރުމުންނެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ އެއް އިރެއްގައި ވެސް އިސްލާމް ފޮތްތަކުގައި ނަފުރަތު އުފެދޭ ކަންކަން ހުރި ކަމަށް މިނިސްޓްރީއިން ބުނެފައި ނުވާނެ ކަމަށެވެ. ނަމަވެސް 2015 ވަނަ އަހަރު ތަންފީޒު ކޮށްފައިވާ ކަރިކިއުލަމްގެ ތެރެއިން ކަންތައްތަކެއް ފާހަގަވެފައިވާތީ އެކަންކަން ބެލުމަށް ކަރިކިއުލަމް ރިވިއު ކުރަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އޭރު ކަރިކިއުލަމް ތަންފީޒު ކޮށްފައިވަނީ ޕައިލެޓް ނުކޮށް ކަމަށާއި، ކަރިކިއުލަމަކީ ޒަމާނަށް އަންނަ ބަދަލާއެކީ ބަދަލުވަމުން އަންނަ އެއްޗެއް ކަމަށެވެ. އެގޮތަށް އަމަލު ކޮށްފައި އޮތުމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރު އައިއިރު ފާހަގަ ވެފައިވާ ކަންކަމާއި ގުޅިގެން އެކި ގައުމުތަކުގެ ތައުލީމީ ދާއިރާގެ ހިއްސާދާރުންނާއެކީ ކަރިކިއުލަމް ރިވިއު ކޮންފަރެންސެއް 2019 ވަނަ އަހަރު ބޭއްވި އެވެ. އެ ކޮންފަރެންސުން މިހާރުގެ ކަރިކިއުލަމްގެ ސަބަބުން ނުކުމެފައިވާ ނަތީޖާތައް ފާހަގަ ކުރެވިފައިވާ ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ މައްސަލަތައް ރިވިއު ކުރުން ކަމަށެވެ.

"ކަރިކިއުލަމް އަކީ ޕޮލިސީ ޕްރޮސެސްއެއް. އެ ތަންފީޒު ކުރީމަ ނުކުންނަ އަސަރުތަކާ ނަތީޖާތަކަށް ބަލާފަ ރިވިއު ޕްރޮސެސްއެއް އަންނާނެ. އެ ޕްރޮސެސް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ. އެހެންވީމަ އަޅުގަނޑުމެން މިކުރާ ކަންތައްތަކުން އަޅުގަނޑުމެންނަށް ފާހަގަވި ކަންކަން ހުރިހާ ފޮތްތަކަކުން ހުރިހާ ސިލަބަސްއަކުން ބަދަލު ކުރަމުން މި ގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ މާއްދާއެއް ރިވިއު ކުރަމުން އަންނަނީ އެ މާއްދާއަކާ ގުޅޭ ތަޖުރިބާކާރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އިސްލާމް ފޮތްތަކާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވޭތީ އެ މާއްދާ ރިވިއު ކުރަނީ އިސްލާމިކް ޔުނިވާސިޓީއިން ކަމަށާއި އެ ޔުނިވާސިޓީން ބެލުމަށްފަހު ރަނގަޅު ކުރަން ބުނި ކަންކަން ބަދަލު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަދަލު ކުރަން އަންގާފައިވާ ކަންކަމުގެ ތަފްސީލެއް ނުދެއްވާ މިނިސްޓަރު ވިދާޅުވީ އެކަން ކުރަނީ ސިޔާސީ މީހުން ނޫން ކަމަށާއި ފޮތްތަކުން ފާގަވި ކަންކަމުގެ ތެރޭގައި ބައެއް ކުދިންގެ ލެވެލަށްވުރެ އެޑްވާންސް ކަންކަން ކަރިކިއުލަމްގައި ހިމަނާފައިވާ ކަމަށެވެ.

އެމްޑީޕީގެ މެއި ހައެއް ކޮމެޓީގެ މުގައްރިރު ހަސަން އަފީފް މީގެ ކުރިން މިނިސްޓަރާއި ހަވާލާ ދެއްވައި ވިދާޅުވެފައި ވަނީ ދަރިވަރުން ހަރުކަށި ފިކުރަށް ލެބޭ ސަބަބުތަކާއި ސުކޫލު ދަރިވަރުންގެ މެދުގައި ހަރުކަށި ފިކުރު ފެތުރެމުންދާ ދިއުމާމެދު ވާހަކަ ދެކެވެނު ކަމަށާއި ޒުވާން ސިކުނޑިތައް ބަދަލު ކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރި ކަމަށެވެ. އެކަންކަން ހުއްޓުވަން ކަރިކިއުލަމަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށް ވެސް އަފީފު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބޮޑުވެއްޖެ ކަމެއްނުން!

ކިހާ ދެރަކަމެއްތަ މީ، ސިޔާސީ ބޭނުމަކަށް ގުރުއާނުގެ ކަލިމަތަކުގެ ކުށެއް އޮވެގެން އެކަން އިޝްތިހާރުކޮށް އެކަކު އަނެކަކު ފަލީހަތްކުރުމުގަ، ތި ފޮތްތަކުގައި ހުރި ކުށް ރަނގަޅުކޮށް ޕްރިންޓްކޮށް ދަރިވަންރުންގެ ފޮތްތަކުގައި ތަތްކުރަން ކޮންމެ ސްކޫލަކާއި ހަވާލުކޮށްގެން ދިނީމަ ވީނުން. މިކަން ކުރެވޭނެ ހަބަރުތަކުގެ ފަލަ ސުރުހީގަ ޖަހަން މިވާހަކަ އިޝްތިހާރުނުކޮށްވެސް. މިހާރުވެއްޖެ މިކަންވެސް ބޮޑު ކަމަކަށް!

އައްބެ

"ފޮތްތަކުން ފާގަވި ކަންކަމުގެ ތެރޭގައި ބައެއް ކުދިންގެ ލެވެލަށްވުރެ އެޑްވާންސް ކަންކަން ކަރިކިއުލަމްގައި ހިމަނާފައިވާ ކަމަށެވެ." މިބުނެވުނީ އަދިވެސް ކުދިންނަށް އިސްލާމްދީނާއި ބެހޭގޮތުން ދެވޭ މައުލޫމާތު ގިނައިއްޔޭދޯ. އެހެންވީމާ ގްރޭޑް 12 ނިމޭއިރު އެނގެންވާނީ ކިރިޔާ ހިނައިގަންނާށޭ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910