ދިރާގު

ދިރާގުން ފައިބާ ކަނެކްޝަނަށް ހިލޭ އަޕްގްރޭޑް ކޮށްދެނީ

ދިރާގުން އެ ކުންފުނީގެ އޭޑީއެސްއެލް އިންޓާނެޓް ކަނެކްޝަން ގެންގުޅޭ ކަސްޓަމަރުންނަށް "ހައި ސްޕީޑް ފައިބާ ބރޯޑްބޭންޑް" އަށް ހިލޭ އަޕްގްރޭޑް ކޮށްދެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 30 ގެ ނިޔަަލަށެވެ. އަދ މި ޕްރޮމޯޝަންގެ ދަށުން އަޕްގްރޭޑް ކުރުުމަށް އެޕްލައި ކުރާ ފަރާތްތަކަށް ހިލޭ ކަނެކްޝަން ސެޓަޕްގެ ހުރިހާ މަސައްކަތެއް ދިރާގުން ކޮށްދޭނެ އެވެ. އެގޮތުން ގެއަށް ފައިބާ އެޅުމާއި ކަނެކްޝަން ލުމަށްޓަކައި ހިލޭ ރޫޓާ އަދި އޮޕްޓިކަލް ނެޓްވޯކް ޓާމިނަލް (އޯއެންޓީ) ވެސް ޕްރޮމޯޝަންގެ ތެރެއިން ހިލޭ ފޯރުކޮށްދޭނެ އެވެ.

ދިރާގަކީ ރައްޖޭގެ އެންމެ ބޮޑު ފަިބާަ ކަނެކްޝަން ނެޓްވޯކު ގެންގުޅޭ ފަރާތެވެ. އެހެންކަމުން ދިރާގުގެ އޭޑީއެސްއެލް ކަނެކްޝަން އަޕްގްރޭޑްކުރުމުން ކުރިއަށްވުރެ މަތީ ސްޕީޑްތަކަކާއި ފެންވަރު ރަނގަޅު ހިދުމަތެއް ލިބިގެންދާނެ އެވެ. އަދި ފައިބާ ކަނެކްޝަނަށް ބަދަލުކޮށް ދިރާގުން ފޯރުކޮށްދޭ ފައިބާ އިންޓާނެޓް ޕެކޭޖު ތައް އިޚްތިޔާރު ކުރެވޭނެ އެވެ. އަދި މި ޕެކޭޖް ތަކާއި އެކު އޭޑީއެސްއެލް ކަނެކްޝަން ޕެކޭޖު ތަކަށްވުރެ އިންޓާނެޓް ސްޕީޑް އަދި ޑާޓާ އެލަވެންސްތައް އިތުރުވެގެންދާނެ އެވެ.

ދިރާގު އޭޑީއެސްއެލް ކަސްޓަމަރުން މި ހިލޭ އަޕްގްރޭޑަށް އެޕްލައި ކުރުމަށް ދިރާގުގެ މައިއެކައުންޓު އިން އެޕްލައި ކުރެވޭނެ އެވެ. އަދި މި ޕްރޮމޯޝަން އާއި ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ޕްރޮމޯޝަން ވެބްޕޭޖް އިން ލިބޭނެ އެވެ.