ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ށ އަދި ރ އަތޮޅަށް ވަޑައިގަންނަވަނީ

Sep 6, 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ށ. އަދި ރ. އަތޮޅަށް މާދަމާ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒު ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ށ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ފުނަދޫ، ޅައިމަގު، ފޯކައިދޫ އަދި މާއުނގޫދޫ އަށް ވަޑައިގަންނަވާނެ އެވެ.

ރ އަތޮޅުން ރައީސް ވަޑައިގަންނަވާނީ ވާދޫ، އަލިފުށި، ރަސްގަތީމު އަދި އަނގޮޅިތީމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި މި ރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ކައުންސިލްތަކާއި ބައްދަލުކުރައްވާނެ އެވެ.

ކޮވިޑްގެ ބަންދަށްފަހު ރައީސް މިދިޔަ މަހު ވަނީ ތ އަތޮޅަށް ވެސް ވަޑައިގެންފަ އެވެ. އެދަތުރުފުޅުގައި ތ. އަތޮޅުގެ ހަތް ރަށަކަށް ވަނީ ވަޑައިގެންފަ އެވެ.