ހުޅުމާލޭގައި ޔޫތު ޕާކެއް ތަރައްގީ ކުރުމަށް ހައުސިން ޑިވަލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ޔޫރޯ ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށްފި އެވެ.
އެޗްޑީސީ އިން މަސައްކަތް ޔޫރޯ ޕްރައިވެޓްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި ޒުވާނުންނަށް ތަފާތު ގޮތްގޮތުން ފުރުސަތުތަށް ހުޅުވާލުމުގެ ގޮތުން މަސައްކަތްތަކެއް ކަމަށެވެ. އަދި މަސައްކަތްކަތް އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށި ހަ މަސްދުވަސް ތެރޭގައި ޔޫތު ޕާކު ނިމޭނެ ކަމަށެވެ.
ޒުވާނުންނަށް ހާއްސަކޮށް ތަރައްގީކުރާ ޔޫތު ޕާކުގައި ދުނިޔެ ފެންވަރުގެ ފުޓްސެލް ދަންޑުތަކާއި ވޮލީ ކޯޓު ފަދަތަން ތަން އަޅަން ހަމަޖެހިފައިވާ ކަމަށާއި އަދި ރާއްޖޭގައި މިހާތަނަށް ހަދައި އެންމެ ބޮޑު ސްކޭޓް ޕާކެއް އެތާގައި އަޅަން ހަމަޖެހިފައިވާ ކަމަށް ސައިމަން ވިދާޅުވި އެވެ. އަދި ވިދާޅުވީ ޒުވާނުން މި ޕާކު ބޭނުން ކުރަމުންދާ އިރު އެމީހުންނަށް ފަސޭހަ ވާނެ ގޮތަށް ސްޓޯރޭޖު ފެސިލިޓީސްތަކާއި ޕަބްލިކް ޓޮއިލެޓް އަޅާނެ ކަމަށާއި އަދި ބިލިއާޑު ފަދަ ކުޅިވަރުތަށް ވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ.
އެޗްޑީސީގެ ފަރާތުން މި ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން އެވެ. ޔޫރޯ މާކެޓިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ނޫރުއްދީން އެވެ.