ރީފްސައިޑް

ރީފްސައިޑުން "ކޯނެލް"ގެ އުފެއްދުންތައް ތައާރަފުކޮށް އަހަރީ ސޭލް ފަށައިފި

Nov 26, 2015

ރީފްސައިޑުން "ކޯނެލް" ގެ އުފެއްދުންތައް ތައާރަފުކޮށް އަހަރީ ބޮޑު ސޭލް ފަށައިފި އެވެ.

ރީފް ސައިޑުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފެށި "އަހަރީ ބޮޑު ސޭލް" ގައި ވާލްޕޫލް، ބްލޫސްޓާ، ސޮނީ އަދި ހައިސެންސްގެ އުފެއްދުންތައް އަގު ހެޔޮކޮށްފައިވެ އެވެ. މި ޕްރޮމޯޝަންގައި "ހިލޭ ހަދިޔާ" ވެސް ލިބެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަންނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ހާއްސަ އިނާމުތަކެއް ވެސް ލިބެ އެވެ. އެގޮތުން އެއްވަނަ އިނާމެއްގެ ގޮތުގައި ލިބެނީ 65 އިންޗީގެ ހައިސެންސް އެލްއީޑީ އިންޓަނެޓު ޓީވީ އެކެވެ. އަދި ދެވަނަ އިނާމަކަށް ވާލްޕޫލް އައިސް އަލަމާރި އެއް ލިބެ އެވެ. އަދި ތިންވަނަ އިނާމެއްގެ ގޮތުގައި ލިބެނީ ކޯނެލް އަވަނެއް ލިބެ އެވެ.

ރީފް ސައިޑުން އަހަރީ ޕްރޮމޯޝަން ފެށުމާ ދިމާކޮށް "ކޯނެލް" ބްރޭންޑުގެ އުފެއްދުންތައް ތައާރަފުކޮށްފަ އެވެ.

ކޯނެލް ބްރޭންޑަކީ ސިންގަޕޫރުގައި އެންމެ މަޝްހޫރު އެއް ބްރޭންޑެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ބަދިގޭގައި ގެންގުޅޭ ގިނަ ސާމާނު ހިމެނެ އެވެ. އޭގެތޭގައި ޓޯސްޓަރާއި ސޭންޑްވިޗް މޭކާ، އަވަން ހިމެނެ އެވެ. މި ބްރޭންޑުގެ އުފެއްދުން ތަކުން 3-6 މަހުގެ ވޮރެންޓީއެއް ލިބެ އެވެ.