ރީފްސައިޑް

ރީފް ސައިޑުން އަހަރު ނިންމާލަން އިނާމުތަކާއެކު "ސޮނީޑޭ"

ރީފް ސައިޑުން އަހަރު ނިންމާ ޕްރޮމޯޝަން "ސޮނީޑޭ" ގެ ނަމުގައި ގިނަ އިނާމު ތަކާއެކު މިއަދު ފަށައިފި އެވެ.

ސޮނީ ސެންޓަރުގައި މިއަދު ފެށި މި ޕްރޮމޯޝަންގައި ސޮނީ ބްރާވިޔާ ޓީވީތަކުގެ އަގުތައް ހެޔޮކޮށްފައިވާއިރު، މި ޕްރޮމޯޝަންގައި ހާއްސަ އިނާމުތަކެއްވެސް ލިބެ އެވެ. މި ޕްރޮމޯޝަންގައި އެއްވަނަ އިނާމަކަށް 4 ކޭ ސޮނީ ބްރާވިޔާ ޓީވީއެއް ލިބެ އެވެ. އަދި ދެވަނަ އިނާމަކަށް ސޮނީ އެކްސްޕީރިޔާ ޒެޑް ފޯނެއް ލިބެ އެވެ. އަދި ތިންވަނަ އިނާމަކަށް ދެނީ ސޮނީ ޕްލޭސްޓޭޝަން އެވެ.

މި ޕްރޮމޯޝަން ޖެނުއަރީ 31 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.


މި ޕްރޮމޯޝަންގެ މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ޕްރޮމޯޝަން ފެށުމާއެކު ހާއްސަ އިނާމުތަކެއްވެސް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށްދާއިރު އެމްއެފްއެލްސީ ކްރެޑިޓް ސްކީމުން ޓީވީތައް ލިބޭނެ ކަމަށެވެ.

"މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ ސޮނީ ބްރާވިޔާ ޓީވީއަށް ހާއްސަކޮށްގެން. މި ޕްރޮމޯޝަން ކުރިއަށް މިދަނީ ހާއްސަ ޕެކޭޖުތަކަކާއެކު،" އޮފިޝަލް ވިދާޅުވި އެވެ.

ރީފް ސައިޑުން ބުނީ އެ ކުންފުނިން މި އަހަރު ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިމަހުގެ ތެރޭގައި ސޮނީ ބްރާވިއާ އާރޭންޖުގެ ޓީވީތައް ވެސް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.