އދ. އިން 606 މިލިއަން ޑޮލަރު ހޯދަނީ އެވެ. އެ ޖަމާއަތުން ބުނަނީ އެ ފައިސާ ހޯދާ ބޭނުމަކީ އަހަރު ނިމުމުގެ ކުރިން 11 މިލިއަން އަފްޣާނުންނަށް އެހީވުން ކަމަށެވެ. ގަބީލާތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ތާލިބާނުންގެ ސަބަބުން ގެދޮރު ގެއްލިފައި ތިބި އާންމުންނަށް އެހީވުމަށް ކަމަށެވެ.
ރިިޕޯޓްތައް ބުނާ ގޮތުން މިމަހު 13 ގައި އޮންނަ ޖެނީވާގައި އޮންނަ މިނިސްޓިރިއަލް ކޮންފަރެންސްގައި، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އަފްޣާނަށް ދޭނެ އެހީއަށް އެދިވަޑައިގަންނަވާނެ އެވެ. އެހީ ވެދޭން އެދޭ މެންބަރު ގައުމުތަކަށް އެ ފުރުސަތު ހުޅުވާލައި އެކަމަށް އެދިވަޑައިގަންނަވާނެ އެވެ.
އދ. އިން އެކުލަވާލާފައި އޮތް ލިޔުމެއް ބުނާ ގޮތުން އަފްޣާންގައި ހާލުގައި ޖެހިފައި ތިބި އާއިލާތަކަށް އެހީވުން އަވަސް ކުރަން ޖެހެ އެވެ. އެހެން ނޫނީ އިންސާނީ ބޮޑު ކާރިސާއެއް އަފްޣާންގައި ހިނގައިފާނެ އެވެ. ފަންޑު ހޯދުން އަވަސް ކުރަން ޖެހެނީ އެހެންވެ އެވެ.
އަފްޣާނިސްތާން އޮތީ ކާބޯ ތަކެއްޗަށް ޖެހިފައި ކަމަށް އދ. އިން ބުނެ އެވެ. ސިއްހީ ފަރުވާއަށް ބޭނުންވާ ބޭހާއި އެހެނިހެން އާލާތްތައް ފޯރު ކޮށް ދިނުމަށްޓަައި އދ. އިން ބުނީ އެޑްވާންސަށް ފައިސާ ނަގާފައިވާ ކަމަށާއި މެންބަރު ގައުމުތަކުން ހޯދަން މަސައްކަތްކުރާ 606.20 މިލިއަން ޑޮލަރުން އެ ޚަރަދު އުނި ކުރާނެ ކަމަށެވެ.
އަފްޣާނިސްތާންގައި ތާލިބާނުން ވެރިކަން ކުރަން ފަށައިފި ނަމަ އެކުލަވާލާ ސަރުކާރަކަށް ދަތިކުރަން ދުނިޔޭގެ ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ހާލަތު ގޯސް ވެދާނެ ކަމަށް ވެސް އދ. އިން ބުނެ އެވެ. އަފްޣާނަށް ފަންޑު ހޯދުމުގައި މިފަދައި ހުރި ވާހަކަތަކަށް މަޝްވަރާ ކުރައްވާނެ ކަމަށް ސެކްރެޓަރި ޖެނެރަލް ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުން އަފްޣާންއާ މެދު ކޮންމެ ގޮތަށް ދުށް ނަމަވެސް ރަޝިއާ އަދި ޗައިނާއިން ބުނީ އެ ގައުމަށް އެހީވާނެ ކަމަށާއި އިގުތިސޯދު ހަމައަކަށް އަޅުވަން އެހިތެރިވެދޭނެ ކަމަށެވެ. އަދި އިންވެސްޓްކާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.